އުރީދޫ

އުރީދޫގެ ކަސްޓަމަރުންނަށް ތިންގުނަ އިތުރަށް ޑޭޓާ

Sep 1, 2021

އުރީދޫ އިން އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ތިން ގުނަ އިތުރު ޑޭޓާ ލިބޭ ހާއްސަ އޮފާ އެއް މިއަދު ތައާރަފު ކޮށްފި އެވެ.

މި އޮފާ މެދުވެރިކޮށް މުޅި ހަފްތާއަށް ނުވަތަ މުޅި މަހަށް 180 ޖީބީއާ ހަމައަށް ޑޭޓާ އާއިއެކު އަންލިމިޓެޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސްއިން ލިބޭ ބޯނަސް އެލަވަންސްގެ ތެރޭގައި އާޗާ 1ޖީބީ+ޑޭ، ވީކްލީ ޕެކް، އާޗާ 1ޖީބީ+ޑޭ، މަންތްލީ ޕެކް އަދި އާޗާ 1ޖީބީ+ޑޭ މަންތްލީ ޕެކް ހިމެނެއެވެ. އާޗާ ޕްރިޕެއިޑް ނަގާ ފަރާތްތަކަށް ލިބޭ ބޯނަސް ޑޭޓާ ވަނީ ރެގިއުލާ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އެޕްތައް އަދި ސްޓްރީމިން އެޕްތަކަށް ހާއްސަކޮށް ބަހާލެވިފައެވެ.

އަޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކޮށްލުމަށް އުރީދޫ އެޕް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށް ލެވޭނެއެވެ.

އައު ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާޓްނާ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑާޑް ޕްރީޕެއިޑް ޕްލޭނެއް ގަތުމަށްފަހު އުރާދޫ އެޕް އެސްއެމްއެސް ނުވަތަ 1#*929* އަށް ޑައެލް ކޮށްލުމުން އެކްޓިވޭޓްވާނެ އެވެ.