އެމްޓީސީސީ

އަނގޮޅިތީމު ބަނދަރުގެ އަޕްޑޭޓެއް ދީފި

Sep 2, 2021

ރ. އަނތޮޅިތީމު ބަނދަރު ހެދުމުގެ މަޝްރޫއުގެ އަޕްޑޭޓެއް އެމްޓީސީސީ އިން ދީފި އެވެ.

އެމްޓީސީސީން މިއަދު ބުނީ އަނގޮޅިތީމުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 53 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ހާބަރު ޕޭވްމަންޓްގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ޕޭވްމަންޓް ހަދާފައި ވަނީ 1،110 އަކަމީޓަރުގެ ސަރަހައްދެގަ އެވެ.

މި މަޝްރޫއުގެ ދަށުން 42,615 ކިއުބިކް މީޓަރުގެ ސަރަހައްދެއް ބަނދަރަށް ފުންކުރާނެ އެވެ. އަދި 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 91 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލާނެ އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.

މި މަޝްރޫއަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.