އުމަރު ނަސީރު

މާދަމާ ރޭ 12 އަށް މުޒާހަރާ ރުޅާލަން އުމަރު ފުލުހުންނަށް އަންގައިފި

Nov 26, 2015
2

އެމްޑީޕީ އިން މާދަމާ ބާއްވާ "މިންޖުވާން" މުޒާހަރާ މާދަމާ ރޭ މެންދަމު 12 ޖަހާއިރު ހުއްޓާނުލައިފިނަމަ، އެ ވަގުތާ ހަމައިން އެ މުޒާހަރާ ރޫޅާލުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންނަށް އަންގަވައިފި އެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ މުޒާހަރާ އާޓިފިޝަލް ބީޗް ފިޔަވައި އެހެން ތަނެއްގައި ކުރިއަށް ނުގެންދެވޭ ގޮތަށް ކަންތައްތައް ކުރެއްވުމަށް ވެސް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށެވެ. އަދި އެގޮތަށް އެންގެވީ އުމަރު ވިދާޅުވީ ގޮތުގައި، ދެން ތިއްބެވި އާންމު ރައްޔިތުންނަށް މިނިވަންކަމާއި އެކު ތަންތަނަށް ދަތުރު ކުރުމަށާއި ނިދައި އަރާމު ކުރުމަށް އޮންނަ ހައްގުތަކަށް އެންމެހާ ރައްޔިތުންނަށް ފުރުސަތު ދެއްވުމަށެވެ. އަދި އެ އަމުރުތައް ފުލުހުންގެ މައްޗަށް ކުރެއްވީ އެއްވެއުޅުމާ ބެހޭ ގާނޫނުގެ ދަށުން، 33 ވަނަ މާއްދާ އާއި 41 ވަަނަ މާއްދާގެ ދަށުން ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީ އިން ބުނެފައި ވަނީ، މިންޖުވާން މުޒާހަރާ ތިން ދުވަހާއި އެއް ގަޑިއިރަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މުޒާޖަރާ ބާއްވާ މައިތަނަކީ އާޓިފިޝަލް ބީޗް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ސަރުކާރަށް އެކި ޑިމާންޑްތައް ހުށަހަޅަން މަގުމައްޗަށް ނުކުންނާނެ ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.