ބޮލީވުޑް

ޝޫޓިން އަކަށް ތައްޔާރުވަނިކޮށް ބިޕާޝާގެ މޫނާއި އަތް ފިހިއްޖެ!

Nov 26, 2015
2

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫގެ ވާހަކަ މިފަހުން ނޫސްތަކުގެ ފަލ ސުރުހީއަށް އަރާފއިވަނީ "އެލޯން"ގައި އޭނާއާއެކު ފެނިގެން ގޮސްފައިވާ އެކްޓަރު ކަރަނ ސިންގް ގްރޯވަރާއި މާ ގާތްގުޅުމެއް އޮން ކަމަށް ބުނެ އެވެ.

އެހެން ނަމަވެސް މިއަދު އޮތް ޝޫޓިން އަކަށް ބިޕާޝާ ތައްޔާތުވަނިކޮށް ވަނީ މޫނާއި އަތުގެ ބައެއް ތަންތަން ފިހިގެން ގޮސްފަ އެވެ.

މިވާހަކަ ސޯޝަލް މީޑިއާގައި ހާމަކުރަމުން ބިޕާޝާކޮށްފައިވާ ޓްވީޓެއްގައި ވަނީ އޭނާގެ ހެއާ ސްޓައިލްކޮށްދިން މީހާގެ ފަރުވާ ކުދަ ކަމުން އިސްތަށިގަނޑު އޮޅާލުމަށް ބޭނުންކުރާ ތޮންގްއިން މޫނާއި އަތުގައި ޖެހި ފިހިފައިވާ ކަމަށެވެ.

"ފުރަތަމަ ދުވަހުގެ ޝޫޓިން މިފެށީ މޫނާއި އަތުގައި ގިނަތަންތަކެއް ހެއާ ސްޓައިލިސްޓްގެ ފަރުވާ ކުޑަކަމުން ފިހެވިގެން. އޭނާ އަތުން އަހަރެންގެ ގަޔަށް ތޮންގް ވެއްޓުނު ނަމަވެސް އެކަމާ އެއްވެސް ވަރަކަށް ދެރަވިހެން ހިއެއް ނުވޭ" ބިޕާޝާ ކުރި ޓްވީޓްގައިވެ އެވެ.

މިވަގުތު ބިޕާޝާ ފިލްްމެއްގެ މަސައްކަތްކުރަމުން ނައި ނަމަވެސް، އަންނަނީ ޓިވީ ޗެނަލަކުން ދައްކުމަށް ހަމަޖެހިފައިވާ ބިރުވެރި ކުރު ފިލްމު "ޑަރް ސަބްކޯ ލަގްތާހޭ"ގެ މަސައްކަތް ކުރަމުންނެވެ.

މިފަހުން ނިކުތް ބިޕާޝާގެ ފިލްމުތަކަށް މާބޮޑު ކާމިޔަބީއެއް ލިބިފަިއނުވާއިރު ވަނީ ރަނގަޅު ސްކްރިޕްޓެއްގެ ފިލްމަކުން ހުށަހެޅުން ލިބިއްޖެނަމަ ފިލްމުކުޅޭނެ ކަމަށް ބުނެފަ އެވެ.