މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލުނު ކޭސް ކާޑަކުން ވިޔަފާރިކުރާ ދެމީހަކު ހޯދަނީ

Sep 5, 2021
1

ގެއްލިގެން ރިޕޯޓް ކޮށްފައިވާ ކޭޝް ކާޑަކުން ވަގަށް ވިޔަފާރި ކޮށްފައިވާ މައްސަލައެއްގައި ދެމީހަކު ހޯދަން ފުލުހުން އާންމުގެ އެހީއަށް އެދިއްޖެ އެވެ.

ފުލުހުން ވަނީ އެ ކޭސް ކާޑު ބޭނުންކުރި ދެ މީހުންގެ ވީޑިއޯއެއް ވެސް އާންމު ކޮށްފަ އެވެ.

އެ ވީޑިއޯއިން ފެންނަނީ ދެ ފިރިހެނަކު، ހެދުން ވިއްކާ ފިހާރައެއްގެ ތެރޭގައި ހަރަކާތްތެރިވާ މަންޒަރެވެ. އެކަކު ހުރީ ތޮތްޕެއް އަޅައި އަތް ދުގު ގަމީހެއް ލައިގެނެވެ. ދެވަނަ މީހާ ހުރީ އަޅި ކުލައިގެ އޮތް ކުރު ގަމީހެއް ލައިގެނެވެ. އެ ދެ މީހުން ވެސް ތިބީ މާސްކު އަޅައިގެނެވެ.

އެމީހުން ބޭނުން ކުރި ކާޑަކީ މިދިޔަ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ މާސްޓާ ޑެބިޓް ކާޑެ ކެވެ. އެ ބޭނުން ކޮށްގެން ފިހާރައަކުން އެ ދެމީހުން ވަނީ ވިޔަފާރިކޮށްފަ އެވެ. ކާޑުން ވައްކަން ކުރި ފައިސާގެ އަދަދެއް ފުލުހުން ބުނެފައެއް ނުވެއެވެ.