މޯލްޑިވްސް ޕޮލިސް ސާވިސް

މާލޭގައި ބިދޭސީންގެ މާރާމާރިއެއް

Sep 5, 2021

މާލޭ ގައި ދެ ބިދޭސީއެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައި އެކަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މާރަމާރީ ހިނގީ މިއަދު މެންދުރު ފަހު 2:39 ހާއިރު މާލޭގެ ދިލްބަހާރު މަގުގައި ކަމަށެވެ. މާރާމާރީ ހިންގީ ބަގްލަދޭޝައް ނިސްބަތްވާ ދެ ފިރިހެނުންނެވެ. މި މާރާމާރީ އައީ އެ ދެ މީހުންގެ މެދުގައި އުފެދުނު ހަމަނުޖެހުމެއްގެ ސަބަބުންނެވެ.

މާރާމާރީގައި އެކަކަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އޭނާއަށް ފަރުވާ ދިނުމަށް ފަހުގައި މިހާރު ވަނީ ދޫކޮށްލާފަ އެވެ. މި މައްސަލައިގައި ފުލުހުން މީހަކު ހައްޔަރެއް ނުކުރެ އެވެ.