މާރާމާރީ ހިންގުން

ކަނޑުހުޅުދޫގައި އަންހެނުންތަކެއް މާރާމާރީ ހިންގައިފި

ގއ. ކަނޑުހުޅުދޫގައި އަންހެނުންތަކެއް މާރާމާރީ ހިންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަނޑުހުޅުދޫގައި އަންހެނުންތަކެއް މިއަދު ހެނދުނު މާރާމާރީ ހިންގި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މާރާމާރީގައި 22 އަހަރުގެ އަންހެނަކަށް އަނިޔާވެ އެ ރަށު ސިއްހީ މަރުކަޒުގައި ވަނީ ފަރުވާ ވެސް ދީފަ އެވެ. އެކަމަކު މިހާރު އޭނާ ދޫކޮށްލައިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މާރާމާރީގައި އަނިޔާ ލިބުނު އަންހެން މީހާގެ ނޭފަތް ފަޅާލުމުން ނޭފަތުން ލޭ އައިސްފައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

މާރާމާރީއާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެކަމަކު މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.