ބޭންކް އޮފް މޯލްޑިވްސް

އޮޅުވާލައިގެން ކަސްޓަމަރުންގެ އެކައުންޓާއި ކާޑްގެ މައުލޫމާތު ހޯދަމުން އެބަދޭ: ބީއެމްއެލް

Nov 26, 2015
1

އާސަންދާ އޮފީހުން ކަމަށް ބުނެ ބައެއްގެ އަތުން 100،000 އަކަށް ވުރެއް ގިނަ ރުފިޔާ އެކައުންޓު ތަކުން ވަގަށްނަގާފައި ވަނިކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ކަސްޓަމަރުންނަށް ފޯނުކޮށް އެކައުންޓާއި ކާޑްގެ މައުލޫމާތު ހޯދަމުންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ބީއެމްއެލް އިން އެ ބޭންކުގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ އެ ބޭންކުގެ ނަމުގައި ކަސްޓަމަރުންނަށް ފޯނުކޯލްތަކެއް ލިބެމުންދާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އެފަދަ ކޯލްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ފަރާތުން އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދަން މަސައްކަތް ކުރާ ކަމަށެވެ.

"... ކަސްޓަމަރުން މިފަދަ ފޯންކޯލްތަކަށް އިތުރަށް ސަމާލުވެ، އެފަދަ ފޯންކޯލްތައް މެދުވެރިކޮށް އެދޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ދަންނަވަމެވެ. ބީއެމްއެލް އިން ކަސްޓަމަރުންގެ އެކައުންޓް އަދި ކާޑްގެ މައުލޫމާތު ހޯދަން ނުގުޅާނެ ކަމުގެ ޔަގީން ކަން އަރުވަމެވެ،"