ގައުމީ ޔުނިވާސިޓީ

އެމްއެންޔޫ ދަސްވެނިވުން އަންނަ މަހު

Sep 9, 2021

ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފްލާ އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

އެމްއެންޔޫ އިން ބުނެފައިވަނީ އަންނަ މަހު ދަސްވެނިވުމުގެ ހަފްލާ ބާއްވާނީ ފަސް ދުވަހަށް ބަލައިލައިގެން ކަމަށެވެ. އެގޮތުން އަންނަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް މި ހަފްލާ ބާއްވާނެ އެވެ.

ދަސްވެނިވާނީ 2019ގެ ފަހު ޓާމުގައި ނިމުނު ދަރިވަރުންނާއި، މިދިޔަ އަހަރުގެ ދެ ޓާމުގައި ނިމުނު ދަރިވަރުންގެ އިތުރުން މިއަހަރުގެ ފުރަތަމަ ޓާމުގައި ކިޔަވައި ނިމުނު ދަރިވަރުންނެވެ.

ދެހާސް ނަވާރަ އަދި މިދިޔަ އަހަރު ނިމިފައިވާ ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާ ބާއްވާފައި ނުވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ.

ކޮވިޑާ ގުޅިގެން ޔުނިވާސިޓީން ވަނީ ހަތަރު ފަހަރެއްގެ މަތިން ދަސްވެނިވުން ފަސްކޮށްފަ އެވެ.