ބޭރު ކުޅިވަރު

ދެ ވަނަ ބުރަށް ދެވެމުން އުފާކުރެވިދާނެ: ކްލޮޕް

ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުން ޖާގަ ލިބުމުން އެކަމާ ކުރުމަކީ މައްސަލައެއް ނޫން ކަމަށް ލިވަޕޫލްގެ ކޯޗު ޖާގަން ކްލޮޕް ބުނެފި އެވެ.

އޭނާ މިހެން ބުނީ ފްރާންސްގެ ބޯޑޯ 2-1އިން ބަލިކުރި މެޗަށް ފަހު ޖުމުލަ ނުވަ ޕޮއިންޓާއެކު މުބާރާތުގެ ދެ ވަނަ ބުރަށް ލިވަޕޫލް ދަތުރު ކުރުމުންނެވެ.

"މިރެ އަކީ އަހަރުމެންނަށް ވަރަށް މުހިންމު ރެއެއް. އެއީ އަހަރުމެން ދެ ވަނަ ބުރަށް ދިއުމުން. މީގެ ދެތިން ހަފުތާ ކުރިން އަހަރުމެން އޮތީ އެންމެ ތިން ޕޮއިންޓާއެކު. އެކަމަކު މިހާރު ކޮލިފައިމިވީ އަދި ޓޭބަލުގެ އެއްވަނާގައި މި އޮތީ. އެހެންވީމަ މިކަމާ އުފާކުރެވިދާނެ،" ސީޒަނުގެ ފުރަތަމަ އަށް މެޗަށް ފަހު އެއިރުގެ ކޯޗު ބްރެންޑަން ރޮޖާސް މަގާމުން ވަކިކުރުމުން ކޯޗުކަމާ ހަވާލުވި ކްލޮޕް ބުންޏެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލު ޖެހީ ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ޖޭމްސް މިލްނާ އެވެ. ދެ ގޯލު ޖަހައިދީނީ ކްރިސްޓިއަން ބެންޓެކޭ އެވެ. ލިވަޕޫލްގެ ކީޕަރު ސިމޯން މިގްނޮލެޓް 22 ސިކުންތަށްވުރެ ގިނަ ވަގުތު ބޯޅަ ހިފައިގެން ހުރުމުން ލިބުނު ހިލޭ ޖެހުމަކުން ބޯޑޯ އަށް މެޗުގެ ފުރަތަމަ ގޯލު ޖަހައިދިނީ ހެންރީ ސައިވެޓް އެވެ. ބެންޓެކޭ ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފު ނިމެން މިނިޓަކަށްވީ ފަހުންނެވެ.

މި މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދި އަނެއް ޓީމަކީ ޓޮޓެންހަމް އެވެ. އެ ޓީމު ރޭ މޮޅުވީ ގަރަބާގް އަތުން 1-0އިންނެވެ. މި މުބާރާތުން ބޯޑޯ އާއި ސެލްޓިކް ކަޓާފައިފާއިރު ދެ ވަނަ ބުރުގެ އުއްމީދުގައި އޮތީ އަޔެކްސް އެވެ. ކްލޮޕްގެ ކުރީގެ ޓީމު ބޮރޫޝިޔާ ޑޯޓްމުންޑް ވެސް ވަނީ ދެ ވަނަ ބުރަށް ގޮސްފަ އެވެ.