އެކްސިޑެންޓް

އައްޑޫގައި އެކްސިޑެންޓެއްވެ ދެމީހަކަށް އަނިޔާވެއްޖެ

Nov 27, 2015

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެއެވެ.

އައްޑޫ ސިޓީ ފޭދޫގައި މިއަދު ހެނދުނު 06:20 ހާއިރު ހިނގި މިއެކްސިޑެންޓުގައި ފޭދޫ ގެއެއްގެ ފާރުން ބައެއް ވަނީ ވެއްޓިފައެވެ. އަދި ފާރު ވެއްޓި ކާރަކަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ، ބާރު ސްޕީޑުގައި ފޭދޫ ބޮޑުމަގުން ދުއްވާފައި ދިޔަ ކާރެއް އެރަށު ގެއެއްގެ ފާރުގައި ޖެހިގެން ކަމަށާއި ކާރު އައި ބާރު މިނުގައި ކޮންޓްރޯލްނުވެ ޖެހުމުން އެގޭގެ ފާރުން ބައެއް ވެއްޓުނީ ކަމަށެވެ.

އެކްސިޑެންޓް ހިނގި އިރު ކާރުގައި ތިބީ ދެ ބިދޭސީންނެވެ. ސްރީލަންކާގެ އެ ދެ މީހުންނަކީ ވެސް މަރަދޫފޭދޫގައި ހިންގާ ގަރާޖެއްގައި މަސައްކަތް ކުރާ ދެމީހުނެވެ. ކާރު ދުއްވީ މަރާމާތަށް ފަހު ޓެސްޓު ކޮށްލަން ކަމަށްވެއެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ބަލަމުންނެވެ.