ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އަހަންނަކީ ބޮޑު ކުއްޖެއް، ތާއީދު ދަށްވުމަކުން ޖެހިލުމެއް ނުވޭ: ބައިޑަން

ގައުމުތަކުގައި ވެރިންނަށް އޮންނަ މަގުބޫލްކަމާއި ފަންނާނުންގެ މަޝްހޫރުކަން ބެލުމަށް ސާވޭކޮށް ހިޔާލު ހޯދަން ވޯޓްގަނައި އުޅެ އެވެ. މި އުސޫލުން އެންމެ ގިނައިން މިފަހަކަށް އައިސް މިނެ ކިރޭ އެއްބޭފުޅަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އެވެ.

ޖޯ ބައިޑަން އެވެނިކަމެއް ކުރެއްވި ގޮތުން ތާއީދު ދަށަށް ގޮސްފި ކަމަށް ބުނެވޭއިރު މިވެނި ކަމެއް ކުރެއްވި ގޮތުން ކަރުތާ ފެނަށް ވެއްޓި ވަޑައިގެންފި ކަމަށް ވެސް ބުނެވެ އެވެ.

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލީ ބައިޑަން ވިދާޅުވެގެނެވެ. މިކަމާ ރުޅިގަދަވެފައި ތިބި އާންމުން ބުނަނީ ބައިޑަންގެ އަމަލުތަކުގެ ސަބަބުން ރޭޓިން ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށެވެ.

އަފްޣާނިސްތާނުން ގެނެސް އެމެރިކާގައި ވަޒަންވެރި ކުރުވާ އަފްޣާން ރައްޔިތުންނަށް ޚަރަދު ކުރަން ކަނޑައަޅާފައި އޮތް ބޮޑު ބަޖެޓްގެ ސަބަބުން ވެސް މަގުބޫލްކަން ދިޔައީ ދަށަށް ކަމަށާއި ދެން ފެންނާނީ ބޮކިޖަހާފައި އަޑިއަށް ދާތަން ކަމަށް ވެސް ބުނެވެ އެވެ.

މިހުރިހާ ޝަކުވާއަކަށް ޖަވާބު ދެއްވުމަށް ބައިޑަން ވިދާޅުވީ ދެތިން ޖުމުލައެކެވެ. ވިދާޅުވީ "އަހަންނަކީ ބޮޑު ކުއްޖެއް، ތާއީދު ދަށްވުމަކުން ޖެހިލުމެއް ނުވޭ" އެވެ.

ބައިޑަން ރިޕޯޓަރުންނަށް ވިދާޅުވި ގޮތުން ފާޑުކިއުންތަކާއެކު އުޅެން އޭނާއަށް އެނގިވަޑައިގަންނަވަ އެވެ. އަދި ވިދާޅުވީ ހާސްވާން ޖެހޭ އެއްވެސް ކަމެއް މެދުވެރިނުވާ ކަމަށާއި ފާޑުކިއުންތަކުން އެދެވޭ ނަތީޖާ ވެސް ނުކުންނާނެ ކަމަށެވެ.

މިދާކަށް ދުވަހު ވަރަށް ކައިރި ކައިރިން ނެގި ދެ ވޯޓަކުން ދައްކާ ގޮތުން ބައިޑަންގެ ތާއީދު އޮތީ ވަތަށް ޖަހާފަ އެވެ.

ސީއެންއެންއިން ނެގި ވޯޓެއްގައި 69 ޕަސެންޓް ބުނެފައި ވަނީ ނުތަނަވަސްވެފައި ތިބި ކަމަށެވެ. އެހެން ނޫހަކުން މިއަހަރު ކުރީކޮޅު ނެގި ވޯޓަކުން ބައިޑަން ކަމުނުދާ ކަމަށް ބުނެފައި ވަނީ ހަ ޕަސެންޓެވެ. އެ ނޫހުން މިދާކަށް ދުވަހު ނެގި ވޯޓެއް ބުނާ ގޮތުން 43 ޕަސެންޓް ތިބީ މޮޅިންނެވެ.

ބައިޑަންއަށް ކުރިމަތިވެ ވަޑައިގެންނެވި އެންމެ ބޮޑެތި ކަންތައްތަކުގެ ތެރޭގައި އެމެރިކާގައި ކޮވިޑްގެ ހާލަތު ތައްކަތުކުރުމާއި އަފްޣާނުން އެމެރިކާ ސިފައިން ބޭލުން ހިމެނެ އެވެ.