މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލަށް ތުރުކީން އެހީވަނީ

މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ތަމްރީނު ކުރަން ތުރުކީން އެހީ ވެދޭނެ ކަމަށް އެ ގައުމުގެ ގުންގްރެން ޑިސްޓްރިކްޓްގެ މޭޔާރު ބުންޔާމީން ޑެމިރު ވިދާޅުވެއްޖެ އެވެ.

މޭޔަރު ބުންޔާމީން މިހެން ވިދާޅުވެފައި ވަނީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ތުރުކީއަށް ވަޑައިގަތުމުން އިއްޔެ ބޭއްވި ބަންދަލުވުމުގަ އެވެ. އެ ބައްދަލުވުން އޮތީ ގުންގޮރެން ޑިސްޓްރިކްޓް ގެ ކައުންސިލް އިދާރާގަ އެވެ.

ބައްދަލުވުމުގައި ދެ ކައުންސިލުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރި އެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ތަމްރީނު ކުރުމުގައި އެހީތެރިކަން ދެއްވާނެކަމަށް މޭޔަރު ބުންޔާމީން ވިދާޅުވި އެވެ.