އުރީދޫ

އުރީދޫން ގޭމިން އަށް ހާއްސަ ޑާޓާ ޕެކޭޖް ތަކެއް

އުރީދޫއިން ގޭމިން އަށް ހާއްސަ ޑާޓާ ޕެކޭޖްތަކެއް އިއުލާން ކޮށްފި އެވެ.

އުރީދޫ އިން އިއުލާން ކުރި ހާއްސަ ޕެކޭޖް ތަކަކީ ކޯލް އޮފް ޑިއުޓީ މޯބައިލް ކުޅުމަށް ހާއްސަ ޕެކޭޖް ތަކެކެވެ. އެގޮތުން ވަނީ ދެ ޕެކޭޖެއް އިއުލާން ކޮށްފަ އެވެ. އިއުލާން ކުރި ދެ ޕެކޭޖުގެ ތެރޭގައި ހަފްތާއަކަށް ހާއްސަ ޕެކޭޖަކާއި މަހަކަށް ހާއްސަ ޕެކޭޖެއް ހިމެނެ އެވެ.

ހަފްތާއަކަށް 1 ޖީބީ ޑާޓާ މި ޕެކޭޖްގެ ދަަށުން ލިބޭ އިރު އަގަކީ 25 ރުފިއާ އެވެެ. އަދި 30 ދުވަހަށް 2 ޖީބީގެ ޑާޓާ 50 ރުފިޔާ އަށް ލިބެ އެވެ. މި ޕެކޭޖުތައް މިހާރު އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އުރީދޫގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މި ޕެކޭޖްތައް އެކްޓިވޭޓް ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.