އުރީދޫގެ އިންޓަނެޓްގެ ހިދުމަތަށް ބުރޫތަކެއް ދިމާވެދާނެ ކަަމަށް އެ ކުންފުނިން ބުނެފި އެވެ.
އުރީދޫއިން ޓްވީޓެއްގައި ބުނީ އެ ކުންފުނީގެ އިންޓަނެޓް ހިދުމަތަށް ބުރޫ އަރާފައިވާ ކަމަަށެބެ. އެ މައްސަލަ ދިމާވީ އެ ކުންފުނީގެ ބައިނަލްއަގުވާމީ އައިއެސްޕީ ޕާޓްނަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ.
އުރީދޫއިން ބުނީ ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރުމަށް އެ ޕާޓްނަރާ އެކު އުރީދޫން މަސައްކަތް ކުރަމުންދާ ކަމަށާއި މައްސަލަ ހައްލުވިހާ އަވަހަކަށް ހިދުމަތް މެދުނުކެނޑި ލިބެމުންދާނެ ކަމަށެވެ.
އިންޓަނެޓްގެ ހިދުމަތައް ދިމާވެދާނެ ބުރޫގެ ސަބަަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަކަށް މާފަށް އެދޭ ކަމަށް ވެސް އުރީދޫއިން ބުނެ އެވެ.