އުރީދޫ

ފޭސް ދޭކަށް އިންޓަނެޓް ދޭން އުރީދޫން ތައްޔާރުވަނީ

ހުޅުމާލެ ދެވަނަ ފިޔަވައްސަށް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ.

އުރީދޫގެ މީޑިއާ އޮފިޝަލަކު އަވަސްއަށް މިއަދު ވިދާޅުވީ އުރީދޫ ފިކްސް ބްރޯޑް ބޭންޑްގެ ހިދުމަތް ވިހާވެސް އަވަހަށް ފޭސް ދޭކަަށް ދޭން ފަށަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު މިހާރު މަސައްކަތް ފަށައިފައިވާ ކަމަށެވެ.

ނަމަވެސް އަދި ހިދުމަތް ދޭން ފެށޭނެ ސީދާ ވަކި ދުވަހެއް ނޭނގޭ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަަހީގައި ހުންނަ ހިޔާ ފްލެޓްތަކުގައި މީހުން މިހާރު ވަނީ ދިރުއުޅެން ފަށައިފަ އެވެ. އެގޮތުން 40 އަށް ވުރެ ގިނަ އާއިލާ އެ ސަރަަަހައްދަށް ބަދަލުވެފައިވާ ކަމަށް އެޗްޑީސީން މިދިޔަ މަހު ފަހުކޮޅު ބުނެފައިވެ އެވެ.

ފޭސް ދޭއްގެ ފްލެޓްތަކަށް ފެނާއި ކަރަންޓުގެ ހިދުމަތް ދީފައިވާއިރު ބަހުގެ ހިދުމަތް ވެސް މިހާރު ވަނީ ފޭސް ދޭކަށް ފަށާފަ އެވެ.