ފިނިޕޭޖް

ބަރެސްދޫގައި މާކް ވޮލްފް ސްޓަންޓް ހަދާ ފިލްމަށް ހެލިކޮޕްޓަރެއް ގެނެސްފި

Nov 27, 2015
  • މާކްފޮލްފް ބްލެކް ހޯކްޑައުންގައި ހަރަކާތެރިވި
  • ހެލިކޮޕްޓަރުގެ މަންޒަރު ނަގަނީ ލ. ބަރެސްދޫގައި
  • މި ފިލްމުގައި 200 މީހުން ހަރަކާތެރިވޭ

ހޮލީވުޑްގެ މަޝްހޫރު ސްޓަންޓަންޓް މަން "މާކް ވޮލްފް" ލ. އަތޮޅުގައި އެކްޝަން ފިލްމެއް ނަގަން ބޭނުންވާ ހެލިކޮޕްޓަރު ރާއްޖެ ގެނެސްފި އެވެ.

މާކް ވުލްފްއަކީ އިނގިރޭސި މަޝްހޫރު ގިނަ ފިލްމްތަކެއްގެ މަންޒަރުތައް ނަގާފައިވާ މީހެކެވެ. އެގޮތުން އޭނާ ޝޫޓްކޮށްފައިވާ މަޝްހޫރު ފިލްމްތަކުގެ ތެރޭގައި ހަނގުރާމައިގެ ގިނަ މަންޒަރުތަކެއް ދައްކުވައިދޭ "ބްލެކް ހޯކްޑައުން" އާއި "އެއާ އެމެރިކާ" އަދި "އެކްސްޕެންޑިބަލް 3" އާއި "ބޮޑީ އޮފްލައި" ފަދަ ފިލްމްތައް ހިމެނެ އެވެ. މާކްއަކީ އެމެރިކާގެ ވައިގެ ސިފައިގެ ހިދުމަތުގައި ކުރިން މަސައްކަތް ކޮށްފައިވާ ޕައިލޮޓެކެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި މި ހެލިކޮޕްޓަރު ރާއްޖެ ގެނެސްފައިވަނީ ކަނޑު މަގުންނެވެ. އަދި ހެލިކޮޕްޓަރު މިހާރު އޮތީ މާލެ ވިޔަފާރި ބަނދަރުގަ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި ހޮލީވުޑްގެ ފިލްމެއްގެ މަންޒަރުތަކެއް ނެގުމުގެ ގޮތުން އެކަމަށް ބޭނުންވާ އިކްއިޕްމަންޓްތަކާއެކު ކްރޫއެއް ދަނީ ލ. އަތޮޅުގައި ހަރަކާތްތެރިވަމުންނެވެ. އަދި މި ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ގެސްޓް ހައުސް އައިލެންޑް ތަރައްގީ ކުރާ ލ. ބަރެސްދޫގަ އެވެ. އެނގިފައިވާ ގޮތުގައި ބަރެސްދޫގައި ނަގާ އެކްޝަން ފިލްމެއްގެ މަންޒަރެވެ.