އީރާގުގެ ބޮޑުވަޒީރު މުސްތަފާ ކަދީމީ އީރާނަށް ވަޑައިގެންފި އެވެ. މިއީ އީރާންގެ ރައީސް، އިބްރާހީމް ރައީސީ މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ބޭރު ގައުމެއްގެ ވެރިޔަކު ރައީސީގެ އަރިހަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ފަހަރެވެ.
މުސްތަފާ ކަދީމީއާ ބައްދަލު ކުރެއްވުމަށް ފަހު ރައީސީ ނޫސްވެރިންނަށް ވިދާޅުވި ގޮތުން ދެ ގައުމުގެ ދުޝްމަނުންނަކީ ވެސް އެއްބައެކެވެ. އެހެން ނަމަވެސް ހަސަދަވެރި ކަމުގައި އީރާނާ އިރާގު ގޮތުމުގެ ބޭނުމެއް ނެތް ކަމަށާއި ތަރައްގީގައި ދެ ގައުމުން އެއްބާރުލައި ހިތްވަރު ކުރަން ޖެހިފައި އޮތް ކަމަށެވެ.
ރައީސީ ވިދާޅުވީ އީރާގާއި އީރާން ވެސް އޮތީ ވަރަށް ހާލުގައި ކަމަށާއި ބާރުގަދަ ގައުމުތަކުގެ މުށު ތެރެއިން ނުކުންނަން ދެ ގައުމުން މަސައްކަތް ކުރައްވާނެ ކަމަށެވެ. ރައީސީ އަދި ވިދާޅުވީ ފައިސާގެ ދަތިކަން ވެސް ދެ ގައުމަށް ކުރިމަތިވެފައިވާ ކަމަށާއި އެކުގައި ކުރެވޭ މަސައްކަތްތަކުން ހެޔޮ ނަތީޖާ ނުކުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އިރާނާއި އީރާގުގެ ސަރަހައްދީ ބޯޑަރުގައި ހަނގުރާމަވެރިން ހިންގާ ހަރަކާތްތަކުގެ ސަބަބުން އިގުތިސޯދި ދުވެލި މަޑުޖެހޭ ކަމަށް ކަދީމީ ވިދާޅުވި އެވެ. ސިރިއާ އާއި އީރާގުގެ ބޯޑަރުގައި ހަތިޔާރުއެޅި ގުރޫޕްތަކުން އެމެރިކާއާ ހުޅަނގަށް އަމާޒުކޮށް ދޭ ހަމަލާތަކުން އިރާގަށް ބޮޑެތި ގެއްލުން ލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސީ ވިދާޅުވީ އީރާނާ އީރާގުން އެއްގައުމު އަނެއް ގައުމަށް އެއްބާރުލުން ދޭނެ ކަމަށާއި މަޝްރަހު ހައްލު ކުރަން ވަގުތު ނެގި ނަމަވެސް އެއީ މިހާރު ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.