މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލުގައި ހުރި ގައިދީއަކު މަރުވެއްޖެ

ހުޅުމާލެ ޖަލުގައި ތިން އަހަރުގެެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހަކު މިރޭ މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ގދ. ވާދޫ/ ޖަނަވަރީގެ މުހައްމަދު އަސްލަމް (40 އަހަރު) އެވެ. އޭނާ މިރޭ ގާތްގަނޑަކަށް 6:00 އެހާ އިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.

އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެކެވެ. އަދި މަރުވިއިރު އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ނޫން ކަމަށް ކަރެކްޝަނުން ބުންޏެވެ.