މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުރި މީހަކު މަރުވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ޖަލުގައި ހުރި މީހަކު މަރުވެއްޖެ އެވެ.

އެއީ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެއް ނޫނެވެ. އޭނާ ޖަލުގައި ހުރީ އޭނާއާ ދެކޮޅަށް ހިންގޭ ޝަރީއަތް ނިމެންދެނެވެ. ގާނޫނީ ބަހުން "ވާނުވާ" ޖަހާ ޖަލުގައި ބަންދުކޮށްފައިވަނިކޮށެވެ.

އެ މީހާގެ މަރު ކަރެކްޝަން އިން ވަނީ ކަށަވަރު ކޮށްދީފައެވެ.

މީޑިއާ އޮފިސަރު ދެންމެ ވިދާޅުވީ ރޭ 7:00 ގައި ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔަ މ. މަލަސް/ ކ. މާލެ އިސްމާާއީލް ޝަބީން (46 އަހަރު)، ހާލު ދެރަވެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް މިރޭ މަރުވެފައިވާ ކަމަށެވެ. އޭނާއަކީ ހަކުރު ބައްޔަށް ބޭސްކުރަމުންދިޔަ މީހެކެވެ.

ޝަބީންއަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިއްކިކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެކެވެ.