އެމްއެންޑީއެފް

ބޭރުގެ ބޯޓު ތަކެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސްބޯޓުތަކެއް ސިފައިން އަތުލައިގެންފި އެވެ.

ސިފައިން ބުނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ދެ މަސްބޯޓެއް ހުއްްޓުވައި ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭގެ އެއް ބޯޓު އަތުލައިގެންފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. ދެވަނަ ބޯޓު އަތުލައިގެންފައި ވަނީ 13 ވަނަ ދުވަހުގެ ރޭގަ އެވެ.

މި ދެ ބޯޓު އަތުލައިގަތުމަށް ހިންގި އޮޕަރޭޝަންގައި ރާއްޖޭގެ މަސްދޯންޏެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް ސިފައިން ބުންޏެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަތް މަސްވެރިކަން ކުރާ ބޭރުގެ ބޯޓުތަކުގެ މައްސަލަތައް ދަނީ އިތުރުވަމުން ނެވެ.