އާމިނަތު ޝައުނާ

2023 ގައި ޑިޖިޓަލް އައިޑީ ކާޑު ތައާރަފު ކުރަނީ

ގަވް ޑޮޓް އެމްވީ މެސެޖު ގެ ހިދުމަތް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: 2023 ވަނަ އަހަރު ޑިޖިޓަލް އައިޑީ ކާޑު ތައާރަފް ކުރޭނެ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރައްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތައާރަފުކުރެވޭނެ ކަމަށް ޓެކްނޯލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހްކުރުމަށް އެންސީއައިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެވެ. މިނިސްޓަރު ޝައުނާ ވިދާޅުވީ ޓެކްނޮލިޖީއަކީ މިއަދު ދިރިއުޅުމުގެ ހުރިހާކަމަކާވެސް ގުޅި ލާމެހިފައިވާ އެއްޗެއް ކަމަށެވެ. އަދި ޓެކްނޮލޮޖީ ފަހާ ދުވުމުގެ ބަދަލުގައި ސަރުކާރުގެ އަމާޒަކީ ޓެކްނޮލޮޖީގެ ބޭނުން ހިފައި ރާއްޖޭގެ ތަރައްގީއަށް އިންގިލާބީ ބަދަލެއް ގެނައުން ކަމަށެވެ.

ރާއްޖޭގެ ތަރައްގީގައި ޒަމާނީ ޓެކްނޮލޮޖީގެ ދައުރު ފުޅާކޮށް ސަރުކާރުން ދެމުންދާ ހިދުމަތްތައް ޒަމާނާއި އެކަށީގެންވާގޮތަކަށް ރައްޔިތުންނަށް ފަސޭހައިން ލިބޭނެގޮތަށް ބައްޓަންކޮށް ޑިޖިޓަލް އިގްތިސާދަކާ ދިމާލަކަށް ގެންދިއުމަށްޓަކާ އެންސީއައިޓީ ގަވާމަންޓް ޑިޖިޓަލް ސާވިސްގެގޮތުގައި ޓްރާންސްފޯމްކުރުމަށް މަސައްކަތްކުރަމުންދާކަމަސް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ގައުމީ އިދާރާކަމަށްވާ އެންސީއައިޓީން ވަކި ހިދުމަތެއްގެ ގޮތުގައި ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި ޑިޖިޓަލައިޒޭޝަންގެ ހިދުމަތް ފޯރުކޮށްދޭން ފަށާނެކަމަށް ވިދާޅުވި އެވެ. އަދި އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑުގެ މަސައްކަތް މިއަހަރުގެ ތެރޭގައި މިނިސްޓްރީން ފަށާނެކަން ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ މި ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގެ ތެރެއިން ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑީގެ ނިޒާމެއް ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި ގާއިމުކުރާނެ ކަމަށެވެ. އަދި ސަރުކާރުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގައި މިހާރު ބޭނުންކުރާ އީ-ފާސް އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ރައްކާތެރި އަދި ޑިޖިޓަލް ކޮންމެ ހިދުމަތެއްގައިވެސް ބޭނުންކުރެވޭނެ ނިޒާމަކަށް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"ރާއްޖޭގެ ޑިޖިޓިލް އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ސަރުކާރުން މިކުރާ މަސައްކަތްތަކާއެކު ސިއްހީ ހިދުމަތް ހޯދުމާއި، އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން މިހާރަށްވުރެ އެތައް ގުނައެއް ހަރުދަނާކުރެވިގެންދާނެ." މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އިލެކްޓްރޯނިކްކޮށް ކުރާ މުއާމަލާތްތަކާއި ކަރުދާހުގައި ކުރާ މުއާމަލާތް ހަމަހަމަކޮށް އިލެކްޓްރޯނިކް ސޮއި އާއި އިލެކްޓްރޯނިކް ކޮންޓްރެކްޓްތަކަށް ގާނޫނީ ހައިސިއްޔަތު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީ ބިލެއް ހަދަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސައިބާ ކްރައިމްއާއި ސައިބާ ސެކިއުރިޓީއާގުޅޭ ބިލެއްވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910