ރާއްޖެ ކުޅިވަރު

ވެލެންސިއާ ވިކްޓަރީ އެއްވަރުގެ ގަދަ ހަޔެއްގެ ވާދަވެރިކަން ބޮޑުވެއްޖެ

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިރޭ ވެލެންސިއާ އާއި ވިކްޓަރީ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން ގަދަ ހަޔެއްގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

މި ދެ ޓީމު އެއްވަރުވުމުން މިވަގުތު ފަސް ވަނަ ވިކްޓަރީ އަށް، ހަ ވަނަ ވެލެންސިއާ އަށް އަދި ހަތް ވަނަ ލިބެނީ ބީޖީ އަށެވެ. ރެލިގޭޓްވެފައިވާ މަހިބަދޫއާ ވާދަކޮށް ބީޖީ މިއަދު ހަވީރު އެއްވަރުވީ 2-2އިންނެވެ.

މިހެންވެ ލީގުގެ ގަދަ ހަޔެއް ކަށަވަރުވާނީ އަންނަ އަންގާރަ ދުވަހު ހަވީރު ވެލެންސިއާ އާއި މަހިބަދޫ އަދި އެރޭ ވިކްޓަރީ އާއި ބީޖީ ކުޅޭ މެޗަށް ފަހު އެވެ.

ވިކްޓަރީ ލީގުގެ ފަސް ވަނާގައިވަނީ 14 ޕޮއިންޓާއެކުގަ އެވެ. ވެލެންސިއާ އާއި ބީޖީ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރި ލިބެނީ ވެލެންސިއާ އަށެވެ. މަހިބަދޫ އަށް ލިބިފައިވަނީ އެންމެ ދެ ޕޮއިންޓެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭނީ ދެ ވަނާގައިވާ ޓީސީ އާއި ހަތަރުވަނާގައިވާ ބީޖީ އެވެ. މާދަމާ ރޭ ކުޅޭނީ އެއްވަނާގައިވާ ނިއު ރޭޑިއަންޓާއި ތިން ވަނާގައިވާ މާޒިޔާ އެވެ.