އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ވެލެންސިއާ އަތުން ތިން ބަލިނުވެ، ވިކްޓަރީ މިރޭގެ މެޗު 1-1އިން އެއްވަރުކޮށް ހޯދި ޕޮއިންޓާއެކު ގަދަ ހަތަރަކަށް އަރަން ވެލެންސިއާ ޕްރެޝަރަށް ވެއްޓިއްޖެ އެވެ.
މިމެޗުގެ ފުރަތަމަ ލަނޑު މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި ޖެހީ ވެލެންސިއާގެ ހަސަން އަދުހަމް (ސަޑޭ) އެވެ. އޭގެ ފަހުން އަކުރަމް އަބުދުލްގަނީ ޖެހި ބާރު ބޯޅަ ހުރަސް ދަނޑީގައި ޖެހުނެވެ. ވިކްޓަރީން ފަހު ހާފުގެ 63 ވަނަ މިނިޓްގަ އެވެ. ނައިޖީރިއާ ފޯވަޑް އޮމަދޫ ގޮޑްފްރޭ ވެސްޓް ތިން ޑިފެންޑަރުން ކުރިމަތީގައި ތިއްބައި ބޯމަތިން އެއްލި ބޯޅަ މުޅިން ހުސްކޮށް ހުރެ ގޯލަށް ފޮނުވާލައިގެން ހަސަން ފައިރޫޒް (ލަކީ) އެވެ. އޭގެ ފަހުން މެޗު ނިމިނިމި އޮއްވައި ވެލެންސިއާގެ ސްޕޭން ފޯވަޑް އެންޖެލް މުނޯޒް އަށް ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
މި ނަތީޖާއާއެކު ގަދަ ހަތަރެއް ކަށަވަރުކުރަން ވެލެންސިއާ ޕްރެޝަރަށް ދިޔައީ 18 ޕޮއިންޓާއެކު ޔުނައިޓެޑް ވިކްޓަރީ ފަސް ވަނަގައި ވިއްދާފައި އޮތުމުންނެވެ. ވެލެންސިއާ ހަތަރުވަނާގައި އޮތީ 20 ޕޮއިންޓާއެކުގަ އެވެ. މިއީ ތިން ވަނާގައިވާ ޓީސީ އަށްވުރެ ހަތް ޕޮއިންޓް މަދުއަދަދެކެވެ.
ނަމަވެސް މެޗުން ލިބުނު ޕޮއިންޓާއެކު ވިކްޓަރީ އަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ. އެ ޓީމު މިވަގުތު ހަތް ވަނާގައި ވަނީ 10 ޕޮއިންޓާއެކުގަ އެވެ. މިއީ އަށް ޕޮއިންޓާއެކު ފުލުގައި ބީޖީއާ ދެ ޕޮއިންޓް އަދި ހަ ވަނާގައި އޮތް ނިއުރޭޑިއަންޓަށްވުރެ ހަ ޕޮއިންޓް މަދު އަދަދެކެވެ.
ވެލެންސިއާ އާއި ވިކްޓަރީ ފުރަތަމަ ދެ ބުރުގައި ކުޅުނު މެޗު 2-0އިން ކާމިޔާބުކުރީ ވެލެންސިއާ އެވެ. މިރޭ މެޗުގެ ފުރަތަމަ 30 މިނިޓަށް ފަހު 10 މިނިޓް ކުޅުނީ ފުދޭވަރަކަށް އަނދިރިކޮށް ދަނޑުބާއްވައިގެންނެވެ. އެއީ ގަލޮޅު ދަނޑުގެ އެއްހޮޅިދަނޑިން ކަރަންޓް ދިއުމުންނެވެ.