ރާއްޖެ ކުޅިވަރު

ވިކްޓަރީ ބަލިކޮށް ވެލެންސިއާ ހަތަރަކަށް

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިރޭ ވިކްޓަރީ 2-0އިން ބަލިކޮށް ކުލަބް ވެލެންސިއާ ހަތަރު ވަނަ އަށް ކުރި އަށް ޖެހިލައިފި އެވެ.

މި މެޗުގައި ވެލެންސިއާގެ ފުރަތަމަ ލަނޑު ޖެހީ ކެމަރޫނުގެ ފޯވަޑް ހަންސްލޭ އަވީލޯ އެވެ. ދެ ވަނަ ލަނޑު ޖެހީ ފަހު ހާފުގައި ހަސަން އަދުހަމް (ސަޑޭ) އެވެ. މީގެ އިތުރުން ވެސް ލަނޑު ޖަހަން ވެލެންސިއާ އަށް ރަނގަޅު ފުރުސަތުތައް ލިބިފައިވެ އެވެ.

މި މެޗުން މޮޅުވުމުން ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުން ވެލެންސިއާ އަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. ވިކްޓަރީ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެ ޓީމު އޮތީ ތާވަލުގެ ހަތް ވަނާގަ އެވެ.

ޓޭބަލުގެ އެއްވަނާގައިވަނީ މާޒިޔާ އެވެ. އެ ޓީމަށް 13 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނާގައިވަނީ 12 ޕޮއިންޓާއެކު އީގަލްސް އެވެ. ތިން ވަނާގައިވާ ޔުނައިޓެޑް ވިކްޓަރީ އަށް ވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރި ލިބެނީ އީގަލްސް އަށެވެ.
ލީގުގައި މިރޭ ކުޅޭނީ އީގަލްސް އާއި މާޒިޔާ އެވެ. މެޗު ފަށާނީ މިރޭ 10 ޖަހާއިރު އެވެ.