ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން، ހޮލީވުޑް ފިލްމު "ޝެފް"ގެ ހިންދީ ފިލްމުގެ ލީޑްރޯލުން ފެނިގެންދާނެކަން ހާމަކޮށްފި އެވެ.
މިއީ 2005 ވަނަ އަހަރު ނިކުތް "ސަލާމް ނަމަސްތޭ" އަށްފަހު، ދިހަ އަހަރު ފަހުން ސައިފް ޝެފެއްގެ ރޯލުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.
"ޝެފް" ގެ ހިންދީ ރީމޭކެއް އުފައްދާކަން ޔަގީންކޮށްދެމުން ހޮލީވުޑް ފިލްމުގެ ޑައިރެކްޓަރު ޖޯން ފްވެރިއު ވަނީ މިފިލްމުގެ ހިންދީ ރީމޭކެއް އުފައްދާތީ އޭނާ ވަރަށް އުފާވާ ކަމަށާއި އަދި އިންޑިއާގެ ސަގާފަތާއި އެއްގޮތަށް މިފިލްމު ބަދަލުކޮށްގެން ނެރޭ ގޮތް ބަލަން މިހާރު އޭނާ ހުރީ ކެތްމަދުވެފައި ކަމަށެވެ.
"ހިންދީ ފިލްމުގައި ކާއެއްޗިއްސްތަކުގެ ތީމްތަކާއި، ލަވަ އާއި އާއިލާ ވަރަށް ރަނގަޅަށް ދައްކުވަންވާނެ" ޖޯން ބުނެފައިވެ އެވެ.
"ޝެފް" ގެ މުހިންމު ރޯލުން ފެނިގެންގޮސްފައިވާ ތަރިންނަކީ ރޮބާޓް ޑޮވްނީ ޖރ، ސޯފިޔާ ވެރްގާރާ، ޖޯން ލެގުއިޒަމޯ އާއި ސްކާލެޓް ޖޯންސަންގެ އިތުރުން ޑަސްޓިން ހޮފްމޭން އެވެ.
ހިންދީ ފިލްމުގެ ޑައިރެކްޓަރަކީ ކާކުން އަދި ހާމަކޮށްފައިނުވާއިރު، މިފލްމު ޕްރޮޑިއުސްކުރަނީ އެބަންޑަންޓިއާ އެންޓަޓެއިންމަންޓާއި އީރޯސް އިންޓަނޭޝަނަލް އަދި އަލަމްބްރާ
އެބަންޑަންޓިއާ އެންޓަޓެއިންމަންޓްގެ ވެރިޔާ ވިކްރަމް މަލްހޯތުރާ ވަނީ "ޝެފް"ގެ ހިންދީ ފިލްމު އުފެއްދުމުގެ ހުރިހާ ރައިޓްސްއެއް ޖޯންސް ކޮމްޕެނީއިން މިހާރު ނަގާފަ އެވެ.
މިފލްމު އުފައްދާކަން ހާމަކުރަމުން ވިކްރަމް ވަނީ އޭނާ "ޝެފް" ބެލިފަހުން، އެފިލްމުގެ ހިންދީ ފިލްމެއް ހަދަން ބޭނުންވި ކަމަށާއި މިފިލްމުގެ ލީޑްރޯލު ކުޅުމަށް މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކުޅަދާނަ އެކްޓަރު ސައިފް އަލީ ޚާން ހަމަޖައްސާފައިވާނެ ކަމަށެވެ.
"ޝެފް" އަކީ ލޮސް އެންޖަލިސްގެ ވަރަށް މަޝްހޫރު ރެސްޓޯރަންޓެއްގައި މަސައްކަތްކުރަމުން އަންނަ ޕްރޮފެޝަނަލް ޝެފަކު، ރެސްޓޯރަންޓުގެ ވެރިޔާ ބުނާގޮތަށް މަސައްކަތްކުރަން ދެކޮޅު ހަދައި އޭނާގެ ކްރިއޭޓިވިޓީ ހިޔާލުތައް ދެއްކުމުގެ ރައްޓެއްސަކާއި ފިރިހެން ދަރިފުޅާއެކު ފުޑް ޓްރަކެއް ހަދައިގެން ކުރިއަށް ގެންދާގޮތެވެ.
ސައިފް އެންމެފަހުން ފެނިގެންގޮސްފައިވަނީ އޮގަސްޓް މަހުގެ ތެރޭގައި ނިކުތް "ފެންޓަމް" އިން ކެޓްރީނާ ކައިފް އާއެކު އެވެ.