އުރީދޫ

އުރީދޫގެ އެއާފައިބާ ޕްލޭންތަކަށް ބޮޑު ބަދަލެއް

Sep 15, 2021

އިތުރު ސްޕީޑާއި ޑޭޓާ އާއި އެކު އުރީދޫ 5ޖީ ހޯމް ބްރޯޑްބޭންޑް އެއާފައިބާ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ ތަސައްވުރާ އެއްގޮތުގެމަތިން ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކައި ރާއްޖެއަށް މުޅިން އަލަށް ތައާރަފްކޮށްފައިވާ 5ޖީ ހޯމް ބްރޯޑްބޭންޑް އެއާފައިބާ ޕްލޭންތައް މިއަދު ވަނީ ކުރިޔަށްވުރެ ހަލުވި ސްޕީޑްގައި އިތުރު ޑޭޓާވެސް ލިބޭގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ކަމަށެވެ.

5ޖީ އެއާފައިބާ އާއި އެކު އިންޓަނެޓް ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް އެތައްގުނައަކަށް ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ދުރު ރަށްރަށާއި ގޭގައި މަސައްކަތް ކުރިޔަށް ގެންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު 5ޖީ އެއާފައިބާގެ ހިދުމަތް ދިނުމުގެގޮތުން 12 މަހުގެ ކޮންޓްރެކްޓްއަކާއެކު ޑިވައިސް ޕްލޭންއެއްވެސް އުރީދޫ މޯލްޑިވްސްއިން ފޯރުކޮށްދެއެވެ.

5ޖީ އެއާފައިބާ އަލަށް ނަގާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑިވައިސް ނެގުމަށް އިތުރު ފަސޭހަކަމެއް ގެނެސްދޭ އޮފާއަކާއިއެކު 5ޖީގެ ހަލުވި ސްޕީޑްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ. މީގެ އިތުރުން ހައިސްޕީޑް އިންޓަނެޓާއި ލޯ ލޭޓެންސީގެ ސަބަބުން ގޭމް ކުޅުންތެރިންނަށްވެސް ބުރޫ އެރުމެއްނެތި ގޭމް ސެޝަންތައް ނިންމާލެވޭނެއެވެ.