ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި ގދ އިން މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު މަރުވެއްޖެ އެވެ.

މި މަރު ރިޕޯޓް ކުރީ ގދ. ކޮވިޑް ފެސިލިޓީންނެވެ. މަރުވެފައިވަނީ 89 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ރާއްޖޭގެ 228 ވަނަ ކޮވިޑް މަރެވެ.

ކޮވިޑްގައި މީހަކު މަރުވެފައިމިވަނީ މި ބަލީގައި މީހަކު މަރުނުވާތާ ދުވަސްތަކެއް ފަހުންނެވެ. އަދި ކޮވިޑް ނަންބަރު ތަންކޮޅެއް މައްޗަށް ޖެހިލާފައިވަނިކޮށެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 34 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 36 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 16 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 5،127 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،774 މީހުންނެވެ. މިހާތަނަށް 81،234 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 17 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.