އުލިގަން

ޔޮޓް ބަނދަރު ކުރާ އުލިގަމަށް ކަސްޓަމްސްގެ އާ އޮފީހެއް

Sep 17, 2021
އުލިގަމް ކަސްޓަމްސް އާ އިފީސް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ހުޅުއްވައި ދެއްވަނީ -- ފޮޓޯ: ކަސްޓަމްސް
0%
0%
0%

ރާއްޖެ އަންނަ ކުދި ޔޮޓް ފަހަރުގެ މަޝްހޫރު ބަނދަރެއް އޮންނަ، ހއ. އުލިގަމުގައި ކަސްޓަމްސް އޮފީސް އިމާރާތެއް ހުޅުވައިިފި އެވެ.

ކަސްޓަމްސްގެ އެ އޮފީސް ހުޅުވައި ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ. އެކަމަނާ ވިދާޅުޗީ އުލިގަމަށް ބަނދަރު ކުރާ ޔޮޓް ފަހަރުން ނަގާ ފީތައް ކުޑަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން އުލިގަމަށް ވަންނަ ޔޮޓްތައް އިތުރުވެ ރަށަށް އެކި ގޮތްގޮތުން ފައިދާ އާއި މަންފާ ބޮޑުވެފައިވާ ކަމަށެވެ.

އުލިގަމް ބަނދަރުގައި ޔޮޓުތަކެއް: މި ރަށުގައި މެރީނާއެއް ހަދަން ވަނީ އިއުލާނު ކޮށްފައި -- ފޮޓޯ: އަވަސް

ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް، އަބްދުﷲ ޝަރީފް ވިދާޅުވީ އަލަށް ގާއިމްކުރި އޮފީހުން އަމާޒް ކުރާނީ އުލިގަމަށް ބަނދަރު ކުރާ ޔޮޓް ފަހަރަށް ލުއި ފަސޭހަ ކަމާއެކު އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، މުސްތަގްބަލްގައި އެ ސަރަހައްދުގައި ބޮންޑެޑްވެއާހައުސް ގެ ހިދުމަތް ގާއިމްކޮށް ސަރަހައްދުގެ ރިސޯޓްތަކަށް ހިދުމަތްތައް ފުޅާ ކުރާށެވެ.

އުލިގަމު ކަސްޓަމްސް އިމާރާތް ހުޅުވުމާއެކު، އުލިގަމުގައި ސަރުކާރުން ތަރައްޤީ ކުރާ "ޔޮޓް މެރީނާ" ޤާއިމް ކުރަން ކުރާ މަސައްކަތް ކާމިޔާބުވުމަށް މަގު ފެހިވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުލިގަމު ކަސްޓަމްސް އިމާރާތް ގާއިމްކުރަން ބަޖެޓުން 5.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި އިމާރާތުގެ މަސައްކަތް ނިންމައިދީފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910