ދުންޔާ މައުމޫން

ކޮމަންވެލްތާއެކު ގުޅުން ވަރުގަދަ ކުރެވޭނެ: ދުންޔާ

Nov 28, 2015

ކޮމަންވެލްތާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރަން ސަރުކާރުން މަސައްކަތްކަތް ކުރާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ކޮމަންވެލްތުގެ އާ ސެކްރެޓަރީޖެނެރަލް ކަމުގެ މަގާމަށް އަލަށް އިންތިހާބު ވެފައިވާ ބަރޮނެސް ސްކޮޓްލޭންޑަށް މަރުހަބާ ވިދާޅުވެ ފޮނުއްވެވި މެސެޖެއްގަ އެވެ.

ދުންޔާ ވިދާޅުވީ ބަރޮނެސް ސްކޮޓްލޭންޑް އެ މަގާމަށް ހޮވިވަޑައިގަތުމަކީ ޑޮމިނިކާ ފަދަ ކުދި ގައުމުތަކުން ކޮމަން ވެލްތަށް ކޮށްދީފައިވާ ހިދުމަތްތަކަށް ބަލައި ހައްގު މަގާމެއް ކަމަށެވެ.

އަދި ވިދާޅޫވީ ކުދި ގައުމުތަކުގެ އަޑު ކޮމަންވެލްތުން އަހާނެ ކަން ކަށަވަރު ކުރަން ބަރޮނެސް ސްކޮޓްލޭންޑް މަސައްކަތް ކުރައްވާނެ ކަމަށް ޔަގީންކަން ކުރައްވާ ކަމަށާއި ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އިސްކަން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.