މުހައްމަދު އަސްލަމް

އަސްލަމް ޔުގަންޑާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ޔުގަންޑާއަށް ފުރާވަޑައިގެންފި އެވެ.

މަޖިލީހުގެ ރައީސް އަސްލަމްގެ މި ދަތުރުފުޅަކީ ކޮމަންވެލްތްގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 27 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ކޮންފަރެންސް އޮންނާނީ މިމަހުގެ ތިން ވަނަ ދުވަހުން ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޮންފަރެންސްގައި ކޮމަންވެލްތުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

މިއީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަސްލަމް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.