ރައްޔިތުންގެ މަޖިލިސް

ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށުނު

ރައްޔިތުންގެ މަޖިލިސް -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވުމުން ޖަލްސާ ފެށުން ފަސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް އެޖެންޑާކޮށްފައި އޮތީ ހެނދުނު 10:30 ގަ އެވެ.

"މިއަދުގެ ޖަލްސާއަށް އަޅުގަނޑުމެންނަށް އަދިވެސް ކޯރަމް ނުލިބޭ. އަޅުގަނޑު 15 މިނެޓަށް ބަލާލައިފިން،" މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ 11:00 ގައި ޖަލްސާ ފެށޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. 11:00 ގައި ކޯރަމް ހަމަނުވާނަމަ ޖަލްސާ ނިންމާލައްވާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

އެ ގަޑީގައި ޖަލްސާ ފެށުމަށް ކޯރަމް ހަމަކުރެއްވުމަށް ޕާޓީތަކުގެ ލީޑަރުން މަސައްކަތް ކުރެއްވުމަށް އަސްލަމް އެދިވަޑައިގެންނެވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345