އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ސުބްރަމާނިޔަމް ޖައިޝަންކަރު ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުހާން އަލް ސައޫދުއާ ބައްދަލު ކުރައްވައިފި އެވެ.
ސައުދީ ފޮރިން މިނިސްޓަރު މިވަގު އުޅުއްވަނީ އިންޑިއާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި، އިންޑިއާގަ އެވެ. ވަޒީރުގެ މި ދަތުރުފުޅުގައި އިންޑިއާއާއެކު ގާތް ގުޅުންތަކެއް އުފައްދަވާނެ އެވެ. ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތަކާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާ ކުރައްވާނެ ކަމަށް އިންޑިއާ ނޫސްތަކުން ބުނެ އެވެ.
ޖައިޝަންކަރު ކުރެއްވި ޓްވީޓެއްގައި ސައުދީ ވަޒީރަކު އިންޑިއާއަށް ވަޑައިގަތުން ވަރަށް ބޮޑު އުފަލެއް ގޮތުގައި ފާހަގަ ކުރައްވާފައިވެ އެވެ.
މެދުއިރުމަތީ އަރަބި ގައުމުތަކުން އިންޑިއާއާއެކު ވަރަށް ގާތް ގުޅުމެއް އަބަދު ވެސް ބާއްވަ އެވެ. އެެހެން ނަމަވެސް ސިޔާސީ ކުލަވަރު ޖެހި ބައެއް ފަހަރު ފުސް ބުރާފައި ވެސް އޮވެ އެވެ.
ޖައިޝަންކަރު ޓްވިޓް ކުރައްވައި ވިދާޅުވި ގޮތުގައި ދެވަޒީރުންގެ ބައްދަލުވުން ވަރަށް ކާމިޔާބެވެ. އޭނާ އަދި ވިދާޅުވީ އިންޑޯ ޕެސިފިކް ސަރަހައްދާއި ގަލްފް އަދި އަފްޣާނިސްތާނާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.
ފައިސަލް ބިން ފަރުހާންގ ދަރުތުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވެސް މިއަދު ބައްދަލު ކުރައްވާނެ އެވެ.
ސައުދީ ވަޒީރުގެ މިދަރުފުޅަކީ އިންޑިއާއަށް ވަރަށް ބޭނުންތެރި ދަތުރެކެވެ. އަފްޣާނިސްތާނަށް ތާލިބާނުން އަރައިގަނެ މުޅި ސަރަހައްދު ހަރާބު ކޮށްފައި އޮތް އޮތުމާ ބެހޭ ގޮތުން ނިންމުން ތަކެއް ނިންމުމުގައި އިންޑިއާ އަކި ސައުދީއަށް ވެސް ވަރަށް މުހިންމު ގައުމެކެވެ.