ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތް

ފަހުގެ ދިރާސާއިން ގޮއިދޫ ކައިރީގައި ތެޔޮ ހުރިކަމުގެ ނިޝާންތަކެއް ފެނިއްޖެ

0%
0%
0%
  • ތެޔޮ ހޯދުމަށް ތޮރުފާފައިވަނީ ގޮއިދޫ އެތެރެވަރީގައި
  • ތެޔޮ ހުރިކަމުގެ ނިޝާންތައް ފެނިފައިވޭ
  • ފުރިހަމަ ރިޕޯޓް ލިބެން ހަ މަސް ނަގާނެ
ފިޝަރީޒް މިނިސްޓަރު މިއަދު ތެޔޮ ހޯދާ ބޯޓަށް ކުރި ޒިޔާރަތުގެ ތެރެއިން. -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ބ. ގޮއިދޫ އެތެރެވަރީގައި ބޯހޯލް ތޮރުފައިގެން އެންމެ ފަހުން ކުރި ޖިއޮލޮޖިކަލް ސާވޭ އިން ވެސް ރާއްޖޭގައި ތެޔޮ ހުރިކަމުގެ ނިޝާންތަކެއް ފެނިފައިވާ ކަމަށް އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަދި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅު ވެއްޖެ އެވެ.

ރާއްޖޭން ތެޔޮ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިންޑިއަން އޯޝަން ޑްރިލިން ޕްރޮގްރާމްގެ ދަށުން މިދިޔަ މަހު ރާއްޖެ އައިސް ދިރާސާތަކެއް ކުރި ބޯޓް މަސައްކަތް ނިންމާލައި މިއަދު ފުރުމުގެ ކުރިން ހިއްސާކުރި މައުލޫމާތުތަކާ ގުޅޭ ގޮތުން މިނިސްޓަރު ޝައިނީ "އަވަސް" އަށް ވިދާޅުވީ ގޮއިދޫ އެތެރެވަރީގެ ދެ ތަނެއް ތޮރުފައިގެން އެންމެ ފަހުން ހެދި ޖޮއޮލިޖިކަލް ސާވޭއިން ވެސް ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން މި ސާވޭ ހެދި ސަރަހައްދުތަކުން ކާބަން ވަރަށް ގިނައިން ހިމެނޭ ފަޝަލަތަކެއް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު މިއަދު ތެޔޮ ހޯދާ ބޯޓަށް ކުރި ޒިޔާރަތުގެ ތެރެއިން. -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

"ކާބަން ރިޗް ލޭއާސްގެ މާނައަކީ އޯގަނިކް މެޓަލްސް ހުރި ލޭޔާސްތައް ހުރުން. މިއީ ގޭސް ނުވަތަ ތެޔޮ ހުރި ކަމުގެ ނިޝާނެއް. އެހެންވެ އަޅުގަނޑުމެންނަށް ޔަގީންކަމާއެކު ބުނެވިދާނެ ރާއްޖޭގެ ސޯސްރޮކް އެބަ ހުއްޓޭ. މީގެ ކުރިން ވެސް ކާބަން ރިޗް ޕޮޓެންޝަލް ސޯސް ރޮކެއް ފެނިފައިވޭ،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީގެ އިތުރުން ވެސް ގިނަ މައުލޫމާތު ތަކެއް ލިބިފައިވާ ކަމަށާއި، މި ދިރާސާ ހެދި ފަރާތުގެ ފުރަތަމަ ރިޕޯޓު ހަ މަސް ދުވަހުގެ ތެރޭ ލިބޭނެ ކަމަށެވެ.

"މިއަދު ކިޔައިދިން މައުލޫމާތުތަކުގެ ރިޕޯޓު ހަ މަސް ތެރޭ ދޭނެ ކަމަށް ވިދާޅުވި،" ޝައިނީ ވިދާޅުވި އެވެ.

ޖިއޮލޮޖިކަލް ސާވޭ ކުރުމަށް ރާއްޖެ އައި ބޯޓް: އެ ބޯޓް މިއަދު ވަނީ ފުރާފައި.

އޭނާ ވިދާޅުވީ މިގޮތަށް ލިބޭ މައުލޫމާތުތައް ސީދާ ކޮމާޝަލީ ތެޔޮ ހޯދުމުގެ މަސައްކަތްކުރާ ފަރާތްތަކާ ހިއްސާ ކުރާނެ ކަމަށެވެ.

ރާއްޖެ ކަނޑުގައި ތެޔޮ ނޫނީ ގޭސް ހުރި ކަމަށް ބެލެވޭ އިތުރު ހެކި ތަކެއް މީގެ ކުރިންވެސް ފެނިފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެއްގެ ގޮތުގައި ރާއްޖޭން ތެޔޮ ހުރިތޯ ބެލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މި ހެކިތައް ހޯދާފައިވަނީ މިދިޔަ އަހަރު ރާއްޖޭ ކަނޑުގެ ޖިއޮލޮޖިކަލް ސާވޭއެއްތަކެއް ހެދުމަށް އައި ޖަރުމަނުގެ ބޯޓަކުންނެވެ.

އެ ދިރާސާ ކުރަމުން ދާ ސައިންޓިސް ޕްރޮފެސަރު ކްރިސްޓަން ވިދާޅުވެފައިވާ ގޮތުގައި އެމީހުން ހޯދި ހޯދުމުގައި ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑީގައި ފިނީގަ އުފެދޭ މުރަކަ ފެނިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކަނޑުގެ އެހާ އަޑީގައި މިފަދަ ދިރުން އުފެދެނީ، އަޑިން ކޮންމެ ވެސް ކަހަލަ "ނިއުޓިރިޝަން" އެއް އެ މުރަކަތައް އުފެދެން ލިބޭތީ ކަމަށެވެ. އޭނާ ބުނީ މިއީ ތޮޔޮ ނޫނީ ގޭސް ފަދަ އެއްޗެއް ހުރި ކަމުގެ ހެއްކެއް ކަމަށެވެ. މުރަކަ ފެނިފައި ވަނީ މާލެ އާއި އެނބޫދޫ ފަރާ ދެމެދުގެ ސަރަހައްދަކުންނާއި ތ. އަތޮޅުގެ ސަރަހައްދަކުން ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910