އީރާންގެ ރައީސް، އިބްރާހީމް ރައީސީ ކެބިނެޓަށް އައްޔަންކުރެއްވި ވަޒީރުން މަގާމާ ހަވާލުވެ ވަޑައިގެން މިހާރު އުޅުއްވަނީ ޒިންމާތަކުގައި އަވަދިނެތި އެވެ. އެ ވަޒީރެއްގެ ދާއިރާއިން އިރާން ތަރައްގީކޮށް އަދި ހިމާޔަތް ކުރެއްވުމުގައި ވަރަށް ބުރަކޮށެވެ.
ރައީސީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރިޒާ ގަރާއީ އަޝްތިޔާނީ ވިދާޅުވި ކަމަށް ލޯކަލް މީޑިއާއިން ބުނީ އީރާނާ ތޮޅެން ވާނީ ހިތްވަރު ހުރެގެން ކަމަށާއި ހަމަލާދިފި ނަމަ އެބަޔަކު ދަރުދެއްޔަށް ހަދާނެ ކަމަށެވެ.
ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި އީރާނުން ބާރުވެރިކަން ހޯދަނި ބަޔަކު ފުނޑާލާކަށް ނޫނެވެ. އެއީ އީރާން ދެމިއޮތުމަށެވެ. އިރާނަށް ހަމަލާއެއް އަރައިފި ނަމަ ރައްދު ދިނުމަށެވެ.
ބްރިގޭޑިއާ ޖެނެރަލް މިހެން ވިދާޅުވެފައި ވަނީ މިދާކަށް ދުވަހު އިޒްރޭލުން ނެރުނު ބަޔާނަކަށް ދެއްވި ޖަވާބެއް ގޮތުގަ އެވެ. އިޒްރޭލުން ދުނިޔެއަށް ވިސްނައިދޭން ބޭނުންވަނީ އީރާންއަކީ ނުރައްކާތެރި ނިއުކްލިއާ ހަތިޔާރު އުފައްދާ ގަައުމެއް ގޮތުގަ އެވެ. އިޒްރޭލުން ބުނާ ގޮތުން އީރާން ހުއްޓުވައިގެން މެނުވީ އިޒްރޭލަކަށް އަރާމުގައި ދެމިނޯވެވޭނެ އެވެ. އެހެންކަމުން އީރާން ހުއްޓުވުމަކީ ދުނިޔެއަށް މަޖުބޫރު ކަމެކެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔައީރު ލަޕީދު މިދިއަ މަހު މޮސްކޯއަށް ކުރެއްވި ދަތުރެއްގައި ވިދާޅުވި ގޮތުން އިރާން ހުއްޓުވުމުގައި ދުނިޔެ ބައިވެރިނުވެއްޖެ ނަމަ އިޒްރޭލަ ޖެހުނީ ކަމަށެވެ. އޭނާ ވިދާޅުވި ކޮންމެ އަގެއް ދައްކަން ޖެހުނު ނަމަވެސް އީރާން ގިރުވާލާނެ ކަމަށެވެ.
ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރިޒާ ވިދާޅުވި ގޮތުގައި މަސްލަހަތު ގެއްލުވާލުން ނޫން ކަމެއް އިޒްރޭލަކަށް ނޭނގެ އެވެ. އޭނާ އަދި ވިދާޅުވި އިޒްރޭލުން މެދުއިރުމަތީ ގައުމުތަކަށް ވިސްނައިދޭނީ ނުބައިކޮށް ކަމަށާއި އެއީ ވެސް އެމީހުންނަކި ކުށެން ނެތް ބައެކޭ ބަޔަކު ބުނާނެ ކަމަށް ކުރާ ކަމެއް ކަމަށެވެ.
އީރާންގެ ފޮރިން މިނިސްޓްރީން ބުނީ އިޒްރޭލަކީ ޣައިރުގާނޫނީ ދައުލަތެއް ކަމަށެވެ. ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައީދު ޚަތީބުޒާދާ ވިދާޅުވި ގޮތުގައި އިޒްރޭލު އަތުގައި ބާރުގަދަ ނިއުކްލިއާ ހަތިޔާރު އެބަހުއްޓެވެ. އޭނާ ވިދާޅުވީ އިޒްރޭލަކީ ދުނިޔޭ ގަބޫލުކުރާ މުއާހަދާއެއްގައި ބައިވެރިވާ ގައުމެއް ވެސް ނޫން ކަމަށެވެ އެހެންކަމުން އިރާނޭ، ނިއުކްލިއައޭ ކިޔައިގެން ވާހަދެއްކޭކަށް ހަގީގަތުގައި ނޯންނާނެ ކަމަށެވެ.
ތަރުޖަމާން ވިދާޅުވީ ހުރިހާ ގޯހެއް ހަދަނީ އެމެރިކާއިން ކަމަށާއި ހިތުހުރި ބަޔަކަށް ނިއުކްލިއާ ބާރުދީފައި އީރާން އޮބައިގަނެގެން އެ އުޅެނީ ބިރުން ކަމަށެވެ. އޭނާ އަދި ވިދާޅުވީ އީރާށް އެދެނީ ނިއުކްލިއާ ނެތް މެދުއިރުމައްޗެއް ކަމަށާއި ދުނިޔެ ސުލްހަކުރެވޭނީ އެމެރިކާގެ ޕޮލިސީތައް މުޅިން ބަދަލުކޮށްގެން ކަމަށެވެ.