ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިސްލާމިކް އިން ފްލެޓް ނިންމަން ހާއްސަ ފެސިލިޓީއެއް

ބީއެމްއެލް އިސްލާމިކް ބޭންކް އިން، ސޯޝަލް ހައުސިން ފްލެޓް ނިންމުމާއި، މަރާމާތުކުރުމުގެ އިތުރުން އެ ތަނަށް ބޭނުން ތަކެތި ހޯދަން ނަގުދު ފައިސާ ލިބޭ ފެސިލިޓީއެއް ދޫކުރަން ފަށައިފި އެވެ.

ބީއެމްއެލް އިސްލާމިކް އިން، "ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން" ގެ ނަމުގައި ދޫކުރާ މި ފެސިލިޓީއަކީ ސޯޝަލް ހައުސިން ލިބިފައިވާ ފަރާތްތަަކަށް ހާއްސަކޮށް ރަހުނަކާ ނުލާ ދޫކުރާ ފެސިލިޓީ އެކެވެ. މި ފެސިލިޓީ ލިބޭ ފަރާތްތަކަށް ސޯޝަލް ހައުސިންގެ ދަށުން އަތޮޅުތެރޭގައި ދޫކޮށްފައިވާ ތަންތަން ވެސް ހެދޭނެ އެވެ.

މި ފެސިލިޓީ ދޫކުރަން ފެށިއިރު ކުރިން ފެސިލިޓީ ފަރުމާކޮށްފައިވަނީ ހަމައެކަނި ބޭނުންވާ ތަކެތި ލިބޭ ގޮތަށެވެ. ނަމަވެސް މިހާރު ފްލެޓު ނުވަތަ އެޕާޓްމަންޓް ނިންމަން ނަގުދު ފައިސާ ވެސް ދޭނެ އެވެ.

ބީއެމްއެލް އިސްލާމިކްގެ ޑިވިޝަންގެ އިންޓެރިމް އިންޗާޖް ހަސަން ކަލާމް ވިދާޅުވީ އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގެ ދަށުން އަމިއްލަ އަށް އެއްވެސް ހަރަދެއް ކުރަން ނުޖެހި މުދަލާއި ނަގުދު ފައިސާ ވެސް ލިބޭނެ އެވެ.

"ފްލެޓް ނުވަތަ އެޕާޓްމަންޓްގެ ވެރިފަރާތާއެކު އިތުރު ފަރާތެއް ފައިނޭންސިންގައި ބައިވެރިކުރަން ބޭނުންނަމަ އެ ފުރުސަތު ވެސް ކަސްޓަމަރުންނަށް މިވަނީ ހުޅުވާލެވިފަ،" ކަމާލް ވިދާޅުވި އެވެ،

ފްލެޓް ނުވަތަ އެޕާޓްމަންޓްގެ ވެރިފަރާތާއެކު އިތުރު ފަރާތެއް ފައިނޭންސިންގައި ބައިވެރިކުރަން ބޭނުންނަމަ އެ ފުރުސަތު ވެސް ކަސްޓަމަރުންނަށް މިވަނީ ހުޅުވާލެވިފަ
ހަސަން ކަލާމް | ޑިވިޝަންގެ އިންޓެރިމް އިންޗާޖް

ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގެ ދަށުން ފައިސާ ދޫކުރަނީ ޕްރޮޖެކްޓަކަށް 150،000 ރުފިޔާއާ ހަމައަށެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އިސްލާމިކް ފައިނޭންސްގެ އުސޫލުތަކުގެ ދަށުން ފެސިލިޓީގެ މުއްދަތުގެ ކުރިން އަވަހަށް ފައިސާ ދައްކައި ހަލާސްކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އަވަހަށް ފައިސާ ދައްކާ ހަލާސް ކުރާނަމަ ބޭންކުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ޑިސްކައުންޓް ވެސް ލިބޭނެ އެވެ.

މި ފެސިލިޓީ އަށް ދާދިފަހުން ގެނެވުނު ބަދަލާއެކު، އާއިލާގެ މެމްބަރުންގެ ގޮތުގައި ފެސިލިޓީގައި ބައިވެރި ކުރެވޭނީ މަންމަ އާއި ބައްޕަ އަދި ކައިވެނީގެ ގޮތުން ގުޅުންހުރި ފަރާތްތަކުގެ އިތުރުން އެއްބަނޑު އެއްބަފާ މީހުންނާއި ދަރިންނެވެ. އަދި މާމަ ނުވަތަ ކާފަ އަދި މާމަ ނުވަތަ ކާފަ ދަރިންނަށްވެސް ބައިވެރިވެވޭނެ އެވެ. މި ބަދަލާއެކު ހިޔާ ފަދަ މަޝްހޫރުގެ ފްލެޓު ނިންމަން ބޭނުންވާ ފަރާތްތަކަށް މި ފެސިލިޓީ ނެގުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ފައިނޭންސްގެ ހާއްސަ ސިފަތައް

  • ސޯޝަލް ހައުސިން ނިންމަން ނެގޭނެ
  • ރަހުނެއް ބަހައްޓާޓަށް ނުޖެހޭނެ
  • އެއް ފަހަރާ އެންމެ ގިނަވެގެން ނެގޭނީ 150،000ރ.
  • ފެސިލިޓީ ދައްކަން ފަސް އަހަރު ލިބޭނެ
  • ފެސިލިޓީ ނަގަން އާއިލާގެ ގިނަ ބަޔަކު ބައިވެރި ކުރެވޭނެ

މި ފެސިލިޓީ އަށް އެދި އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު މާލެއިންނަމަ ހުށަހަޅާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗަށެވެ. އަދި މާލެއިން ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއް ނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް ފޯމު ހުށަހެޅޭނެ އެވެ. އަދި ކޯޓޭޝަންގެ ކުލަ ކޮޕީއެއް ޕީޑީއެފް ފޯމެޓް އީމެއިލް މެދުވެރިކޮށް ވެސް