ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ގައިދީނަށް ޓީބީ ސްކްރީނިން ޕްރޮގްރާމެއް ކަރެކްޝަނަލް ސާވިސްއިން ފަށައިފި އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެޗްޕީއޭ އާއި އައިޖީއެމްއެޗް ގުޅިގެނެވެ.
ކަރެންޝަނުން ބުނީ ޓީބީ ސްކްރީނިން ޕްރޮގްރާމަށް އައްސޭރި ޖަލުގެ މުވައްޒަފުން ތައްޔާރު ކުރުމުގެ ގޮތުން، އެޗްޕީއޭ އާއި އައިޖީއެމްއެޗުގެ ޓީމެއް މިދިޔަ އާދިއްތަ ދުވަހު އައްސޭރި ޖަލަށް ގޮސް ޖަލުގައި މަސައްކަތްކުރާ ހަތަރު ނަރުހަކަށާއި ހިންމަފުށި ހެލްތް ސެންޓަރުގައި މަސައްކަތްކުރާ ދެ ނަރުހަކަށް ޓީބީ އާއި ސާމްޕަލް ކަލެކްޝަން އާ ބެހޭ ތަމްރީން ޕްރޮގްރާމެއް ހިންގި ކަމަށެވެ.
އައްސޭރި ޖަލުގެ ހުރިހާ ގައިދީންނަށް އަމާޒު ކޮށްފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ތިން ބަޔަކަށް ބަހާލައިގެނެވެ. އިއްޔެ ވަނީ 71 ގައިދީންގެ ސާމްޕަލް ނަގާފަ އެވެ.