ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބަޔޮންޓެކްއަށް ޝަރަފްވެރި އިނާމެއް

ޖަރުމަނުގައި ބޭސްވެރިކަމުގެ ރޮނގުން ދޭ އެންމެ ޝަރަފްވެރި އިނާމު ބަޔޮންޓެކް ސައިންސްވެރިންނަށް ދެނީ އެވެ. އެއީ ދުނިޔޭގައި ކޮވިޑް ފެތުރިގަތް ވަގުތާ ދިމާކޮށް އެ ބައްޔަށް އެމްއާރްއެންއޭ ދިފާއީ ވެކްސިން އުފެއްދި ސައިންސްވެރިންނެވެ.

ސައިންޓިފިކް ކައުންސިލް އޮފް ދި އެއާލިޝް ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބަޔޮންޓެކްގެ ނަން ފާހަގަކޮށް ތިން ސައިންސްވެރިއަކު ޕޯލް އެއާލިޝް އެންޑް ލޫޑްވިޝް ޑާމްސްޓޭޓާ އިނާމް 2022 އަށް ހޮވިފައިވާ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

މިއިނާމަށް ހޮވިފައި ވަނީ އޫރު ޝަހީން އާއި އަޒްލީމް ތޫރެޖާ އަދި ހަންގޭރީގެ ބަޔޯކެމިސްޓް، ކެޓަލީން ކެރީކޯ އެވެ.

އޫރު ޝާހީން އާއި އަޒްލީން ތޫރެޖާ އަކީ ތުރުކީ ނަސްލުގެ ދެމަފިރިންނެވެ. ދިރިއުޅެނީ ޖަރުމަނުގަ އެވެ.

ގައުމުތަކުގައި ކޮވިޑް ފެތުރިގަތުމުގެ ކުރިން ވެސް ބަޔޮންޓެކް އަކީ ބޭސްވެރިކާ ގުޅުން ހުރި ދިރާސާތަކުގައި މަޝްހޫރު މަރުކާ އެކެވެ. އެހެންނަމަވެސް ކޮވިޑަށް އެންމެ ފުރަތަ ވެކްސިނެއް އީޖާދުކޮށް އެމެރިކާގެ ފައިޒާ ކުންފުންޏާ ގުޅިގެން އިމަޖެންސީ ބޭނުންތަކަށް ފޯރުކޮށްދިނުމުގެ ސަބަބުން ބަޔޮންޓެކް އުފެއްދި ސައިންސްވެރިން ދެކެ ދުނިޔެ އޮތީ އުފަލުންނެވެ.

ބަޔޮންޓެކް ސައިންސްވެރިންނަށް އިނާމު ދިނުން އޮންނާނީ އަންނަ އަހަރު މާރިޗުގައި ފްރޭންކްފާޓްގަ އެވެ.

ޕޯލް އެއާލިޝް އެންޑް ލޫޑްވިޝް ޑާމްސްޓޭޓާ އިނާމަކީ ޖަރުމަނުގައި ބޭސްވެރިކަމުގެ ދާއިރާއިން ދެވޭ އެންމެ ޝަރަފުވެރި އިނާމެވެ. މިއީ އަހަރަކު އެއްފަހަރު ދެވޭ އިނާމެކެވެ. އިނާމުގެ އަގަކީ 120،000 ޔޫރޯ އެވެ.