ބޮލީވުޑް

ކައިވެނިކުރަން އުޅޭ ވާހަކަ ޕްރިތީ ޒިންތާ ދޮގުކުރޭ

Nov 29, 2015

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާ އަންނަ ޖެނުއަރީގައި ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ޕްރިތީ މިހާރު ލޯބީގެގޮތުން ގުޅިގެން އުޅޭ އެމެރިކާގެ ޖީން ގުޑްއިނަފް އާއި ކައިވެނިކުރަން އުޅޭ ވާހަކަތަށް ދޮގުކުރަމުން ޕްރިތީ ކޮށްފައިވާ ޓްވީޓެއްގައި ވަނީ، އޭނާ ކައިވެނިކުރަން ނޫޅޭ ވާހަކަ މީހުން ކައިރި ބުނަން ވަރަށް އެހެން ކަހަލަ ގޮތެއް ވާ ކަމަށާއި އަދި އަންނަ ޖެނުއަރީގައި ކައިވެނި ކުރަން ނޫޅޭ ކަމަށެވެ.

"ކައިވެންޏާއި ބެހޭގޮތުން އެއްވެސް ވާހަކަ އަޑުއަހާކަށް ވެސް އަދި އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ކުރިއަށް އޮތް އެއް އަަހަރު ވަންދެން ދައްކާކަށް ބޭނުމެއް ނޫން" ކައިވެނިކުރަން އުޅޭ ވާހަކަ ދޮގުކުރަމުން ޕްރިތީ ކުރި ޓްވީޓްގައިވެ އެވެ.

މީގެއިތުރުން ޕްރިތީ ވަނީ ކައިވެނިކުރާނެ ދުވަހެއް ނިންމުމުން އޭނާގެ ފޭނުންކައިރި ބުނާނެ ކަމަށް ވެސް ބުނެފަ އެވެ.

މިހާރު އުމުރުން 40 އަހަރުގެ ޕްރިތީ އެންމެފަހުން ލޯބީގެ ގޮތުން ގުޅިފައިވަނީ އިންޑިއާގެ ވަރަށް މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ނެސް ވާޑިއާ އާ އެވެ.

ނެސް އާއި ޕްރިތީ ރުޅިވިފަހުން ދިމާވި އެކި މައްސަލަތަކުގައި އޭނާއަށް އެންމެ ބޮޑަށް އެހީވެފައިވަނީ މިހާރު ލޯބިވެރިޔާ ކަމަށް ބުނާ ޖީން އެވެ.

މިހާރު ފިލްމު ކުޅުމާއި ތަންކޮޅެއް ދުރުގައި އުޅެމުން އަންނަ ޕްރިތީ އެންމެފަހުން ފެނިގެންގޮސްފައިވަނީ މިދިޔަ އަހަރު ސްޓާ ޕްލަސްއިން ދެއްކި ސެލެބްރިޓީ ޑާންސް ރިއަލިޓީ ޝޯ "ނަޗް ބަލިޔޭ 7"ގެ ޖަޖެއްގެ ގޮތުގަ އެވެ.

ޕްރިތީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަނީ ޑިއޯލް އާއެކު ފެނިގެންދާ "ބައްޔާޖީ ސުޕާހިޓް" އިންނެވެ.