ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"އެއޯސިސްއަކީ ބަދަލު ގެނެވޭފަދަ ބާރެއް"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
0%
0%
0%

އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ ކުދި ޖަޒީރާ ގައުމުތަކުގެ ބަދަހި ކަމާއި ގުޅިފައިވާ ތަސައްވުރަކީ، ދުނިޔޭގައި ބަސް ހިނގައި، ބޭނުންވާ ބަދަލު ގެނެވޭފަދަ ބާރަކަށް އެއޯސިސް ހަދައިދިން ކަމެއް ކަމުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެއޯސިސްގެ ލީޑާސް ސަމިޓް 2021 ގަ އެވެ. މި ސަމިޓު ބާއްވާފައި ވަނީ މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ އދގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ހަވާސާގަ އެވެ.

ރައީސް ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަކީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލައި، ދެމެހެއްޓެނިވި ތަރައްގީއާއި އަދި މި ނޫންވެސް ނާޒުކު މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ގައުމުތަކެއް ކަމަށެވެ. އަދި އެ ކަންކަމުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ދިގު މާޒީއެއް އޮތް ގައުމުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ. ކޮވިޑްގެ ސަބަބުން ކުދި ގައުމުތަކުގެ އިގްތިސާދަށް ނޭދެވޭ އަސަރު ކޮށްފައިވާކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ މޫސުމީ ބަދަލުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ގައުމުގެ އިގްތިސާދު ކުރިއަރުވަން މާލީ އެހީތެރިކަމަށް ބައިނަލްއަގްވާމީ މުޖުތަމައުން އެހީތެރިވެ ދިނުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި ވިދާޅުވީ ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިވުމަށް އެކުލަވާލާ ފަންޑު ވާންޖެހޭނީ އެކަމަށް އެކަށޭނަ، އެއްބަސްވެވިފައިވާ އަދި ފަސޭހައިން ހަމަޖެހޭގޮތަށް އެކުލަވާލެވިފައި އޮންނަ އެއްޗަކަށް ކަމަށެވެ.

ރައީސް ވަނީ ކަނޑުތައް ތަގައްޔަރުވުމާ ބެހޭގޮތުންނާއި ކޮޕް-26 ގެ ކޮންފަރެންސަށް ތައްޔާރު ވުމަށް ކުދި ޖަޒީރާ ގައުމުތަކަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި މިއަދުގެ ސަމިޓުން ލީޑަރުން އެއްބަސްވެފައިވާ ލީޑާސް ޑެކްލެރޭޝަން ގެ ސަބަބުން، މިފަދަ މައްސަލަތަކަށް ހާއްސަ އަހަންމިއްޔަތެއް ދޭންޖެހިފައިވާކަމަށް ވެސް ވިދާޅުވި އެވެ. އެކަންކަން ހައްލު ކުރުމަށްޓަކައި ތަރައްގީވެފައިވާ ގައުމުތަކާއި، ބައިނަލްއަގްވާމީ ފައިނޭންޝިއަލް އިންސްޓިޓިއުޓްތަކާއި، ޕްރައިވެޓް ސެކްޓަރއާއި، އަދި މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުން ނުހަނު ބޭނުންވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ޕްލާސްޓިކުން ކަނޑުތައް ތަގައްޔަރުވުން ހުއްޓުވުމަށް ގިނަ ގައުމުތައް އެކުވެގެން ކުރަމުންގެންދާ މަސައްކަތަށް ތާއީދުކުރަން. އެކަމަށްޓަކައި ހާއްސަ ބައިނަލްއަގްވާމީ މުއާހަދާއެއް ގެނައުމަށް ތާއީދު ކުރަން." ރައީސް ސޯލިހް ވިދާޅުވި އެވެ

ކުދި ޖަޒީރާ ގައުމުތަކުގެ ފުރަތަމަ ކޮންފަރެންސް 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށްފަހު ރާއްޖެއިން ވަނީ ކުދި ޖަޒީރާ ގައުމުތައް އެކުލެވޭ ޖަމާއަތެއް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިޔަށްގެންގޮސްފައެވެ. އެގޮތުން އައްސޭރިފަށުގެ ބިންތިރި، ކުދި ގައުމުތައް ތަމްސީލުކުރާ ޖަމާއަތްކަމުގައިވާ އެއޯސިސް އުފެދުނީ 1990 ގައި ޖެނީވާގައި ބޭއްވި ދުނިޔޭގެ ދެވަނަ ކްލައިމެޓް ކޮންފަރެންސްގެ ތެރެއިންނެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޑރ. ރާމީ ޙަސަން މަނިކު

"ތަޢުލީމު ނެތަމަ ތާކު ޒަމާނާއި އެކުވެގެން. ތަންދާނެޔެ ބުއްދީގެ މަގުން އެއްކިބާ ވެގެން". ހިންނަވަރު އިބްރާޙިމް އަށް މިވަނީ މިހެން.

ޑރ. ރާމީ ޙަސަން މަނިކު މ.ވައިޖެހޭގެ

ހިންނަވަރު އިބްރާހިމް ޢާއްމު-މަޢުލޫމާތު ހޯދަނީ ނެޓުން ބާއޭ ހިތަށްއަރައެވެ ؟ ނަމަވެސް އިނގިރޭސި ނުވަތަ ބައިނަލްޢަޤްވާމީ 6 ބަހުން ކުރެ ބަހެއް ނޭންގި، ނެޓްގައި ހުންނަ ދިރާސާ ތަކާއި މަޢުލޫމާތު ހޯދުމަކީ ވަރަށްއުނދަގޫ ކަމެކެވެ. ބައިނަލް-ޢަޤްވާމީ 6 ބަހަކީ އިނގްލިޝް، ޗައިނީސް، ރަޝިއަން، ސްޕެނިޝް، ޢެރެބިކް، ފްރެންޗް އެވެ. ހިންނަވަރު އިބްރާހިމް އަށް ޔޫ.އެން ގައި މިދިޔަފަހަރު މީހަކު ލިޔެފަ އޮތް އިނގިރޭސި ލިޔުމެއް ކިޔުނީވެސް ކޮށަކޮށައިގެން ކުކުޅަކު ރޯމަސް-ކާ އުސޫލުންނެވެ. ޒަމާނާ އެއްގޮތަށް ތަޢުލީމު ނެތިއްޔާ ބުއްދި ފަސްވެދާނެއޭ ޅެންވެރިޔާ ބުނެފައިވެއެވެ. ދިވެހިރައްޔިތަކު މިއައްނަ ފަހަރު ހިންނަވަރު އިބްރާހިމްއަށް ވޯޓެއްލާނެޔޭ ހިންނަވަރު އިބްރާހިމްއަށް ހީވާނީ، ތަޢުލީމު ނެތި "ބުއްދީގެ މަގުން އެއްކިބާ ވެފަ" ހުރީމައެވެ. މިއީ އަޅުގަނޑުގެބަހެއް ނޫނެވެ. ޅެންވެރިޔާގެ ބަހެވެ. ޓެރަރިސްޓުން ބޮންގޮއިގެން ނަޝީދު މިދުނިޔެއިން ނެތިދިޔަޔަސް (މަރާލިސް) ނަޝިދު އަށް ހަރާންކޯރު ވީމީހުން ނަޝީދުގެ ސަޕޯޓަރުން ދަންނާނެއެވެ.

ކުށެއްގެ އިސްލާޙް

*ޓެރަރިސްޓުން ބޮންގޮއްވައިގެން ނަޝީދު މިދުނިޔެއިން ނެތިދިޔަސް (މަރާލިޔަސް) ނަޝީދު އަށް ހަރާންކޯރުވީ މީހާ.

ނިކަމެތި މީހާ

އާ ހުރިހާ ކަމަކަށްވެސް ބަދަލު ގެނެވޭނެކަން ޤަބޫލު ކުރައްވާނެ. އެކަމަކު ނިކަމެތި މީހާހަށް ދޭ ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދުމުން އެކަން އެއީ ނުވާނެ ކަމެއް ކަމަށް ތި އޮތީ ނިންމާފައި.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345