އެސްޓީއޯ

އެސްޓީއޯ ވޮލީ މުބާރާތް ފަށައިފި

އެސްޓީއޯގެ މުވައްޒަފުންގެ މެދުގައި ބާއްވާ ވޮލީ ބޯޅަ މުބާރާތް ފަށައިފި އެވެ.

އެސްޓީއޯ ރިކްރިއޭޝަން ކްލަބް، (ސްޓޯކް) އިން ބާއްވާ މި މުބާރާތް ފައްޓަވައި ދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެސްޓީއޯގެ ވޮލީ ބޯޅަ މުބާރާތުގައި ޖުމްލަ 18 ޓީމަކުން ވާދަކުރެ އެވެ. ބުރާސްފަތި ދުވަހު ފެށި މި މުބާރާތް ނިމޭނީ އަންނަ ހަފުތާ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.

އެސްޓީއޯ ރިކްރިއޭޝަން ކްލަބްގެ ހަރަކާތްތައް ކޮވިޑްގެ ސަބަބުން މަޑު ޖެހިގެން ދިޔަ އެވެ. އަލުން ސްޓޯކްގެ ހަރަކާތްތައް ފަށާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 20 ގަ އެވެ. އެއީ އެސްޓީއޯ މުވައްޒަފުންގެ ހައުސްތަކުގެ މެދުގައި ބޭއްވި މަސް ބޭނުމުގެ މުބާރާތަކުން ނެވެ.

އެސްޓީއޯ ރިކްރިއޭޝަން ކްލަބުން ގެންދަނީ ކުޅިވަރު މުބާރާތްތަކުގެ އިތުރުން ކުރު ކޯސްތަކާއި ހުނަރު އިތުރު ކުރުމުގެ ޕްރޮގްރާމްތައް ވެސް މުވައްޒަފުންނަށް އަމާޒުކޮށް ހިންގަމުން ނެވެ.