މޯލްޑިވްސް ޕޮލިސް ސާވިސް

ޑަޗް ކޮންސިއުލޭޓުގައި ބަންދުވާން އުޅުނު މީހަކު ހައްޔަރުކޮށްފި

މާލޭގައި ހުންނަ ނެދަލޭންޑްސްގެ އޮނޮރަރީ ކޮންސިއުލޭޓް (ޑަޗް ކޮންސިއުލޭޓް) ގެ ކުޑަ ކޮޓަރިއެއް ތެރެއަށް ވަދެ އަމިއްލައަށް ބަންދުވާން އުޅުނުު މީހަކު ހައްޔަރު ކޮށްފި އެވެ.

ޑަޗް ކޮންސިއުލޭޓް ހުންނަނީ ކުރީގެ އައިފާން ބިލްޑިންގު އަދި މިހާރުގެ އެފްއެސްއެމް ބިލްޑިންގުގަ އެވެ

ފުލުހުން ބުނީ ހައްޔަރު ކޮށްފައި ވަނީ ބިދޭސީއެއް ކަމަށެވެ. ހައްޔަރު ކުރީ ރޭ އެ ކޮންސިއުލޭޓަށް އެމީހާ ވަދެ އެތާނގެ ކޮޓަރިއެއް ތެރޭ އަމިއްލައަށް ބަންދުވާން އުޅެނިކޮށެވެ. ފުލުހުން ދިޔައީ އެ މީހާ އެތަނުން ނުކުންނަން ދެކޮޅު ހަދައި، އަމިއްލަ ނަފްސަށް ގެއްލުން ދީފާނެކަމަށް ބެލެވޭތީ ކޮންސިއުލޭޓުން ފުލުހުނަށް ގުޅުމުން ކަމަށެވެ.

ކޮންސިއުލޭޓްގެ ހުއްދައާއެކު ފުލުހުން އެތަނުގެ އެތެރެއަށް ވަދެ، ބާރުގެ ބޭނުން ކޮށްގެން އެމީހާ އެކޮޓަރިން ނެރުނީ އެވެ