ލައިފްސްޓައިލް

ސުލައިމާނީ ސައި ތައްޔާރުކުރާ ގޮތް!

ސަޔަކީ ކަންނެތްކަމާއި ވަރުބަލިކަން ފިލުވާލަދޭ ބުއިމެކެވެ. ވިއްސާރަ މޫސުމަށް އެންމެ ގިނަ ބަޔަކު ބޯލަން ބޭނުންވަނީ މިފަދަ މީރު ސަޔެކެވެ. އަނގަށް މީރު ވުމުގެ އިތުރުން ސަޔަކީ ވަރަށް ގިނަގުނަ ސިއްހީ ފައިދާތައް އޭގައި އެކުލެވޭ އެއްޗެކެވެ. ޚާއްސަކޮށް އެކި ނަންނަމުގައި ތައްޔާރުކުރާ ޚާއްސަ ސައި ތަކަކީ އެ ބުއިމުން ސިއްހަތަށް ވަރަށް ފައިދާ ކުރާ އެއްޗެކެވެ.

ލޮލުގެ ތިރީ ކައިރި ކަޅުވާތީ ވެސް ބޯނެ ޚާއްސަ ސައި ހުރެ އެވެ. އަދި ފަންގަލް އިންފެކްޝަންތަކުން ދިފާއުވުމަށް ޚާއްސަކޮށް ތައްޔާރުކުރާ ސައި ވެސް ހުރެ އެވެ. މި ފަދަ ސައިގެ ވާހަކަ މީގެ ކުރިން އަޑު ނާހަން ހެއްޔެވެ؟ ހަގީގަތުގައި ވެސް މިފަދަ ސިއްހީ ގިނަގުނަ ފައިސާ އެކުލެވޭ ސައި ހުރެ އެވެ. ސުލޭމާނީ ސަޔަކީ މިފަދަ ސިއްހީ ފައިދާ ގިނަ އެއް ސަޔެވެ.

ގަދީމީ ޒަމާނުއްސުރެ ދުނިޔޭގެ ބައެއް މީހުން ބޭނުން ކުރަމުން އަންނަ މި ސައިގައި އާދަޔާޚިލާފު ގިނަގުނަ ސިއްހީ ފައިދާ އެކުލެވިގެން ވެއެވެ.
ސުލައިމާނީ ސައި ތައްޔާރުކުރާނެ ގޮތް: މި ސައި ތައްޔާރުކުރަން ބޭނުންވަނީ އާދައިގެ ސަމުސަލެއްގެ ސައިފަތާއި ދޮޅު ޖޯޑު ފެނާއި، ދެ ކަރަންފޫ، ބައި އިންޗި ފޮނިތޮށި، ފެހިކުލައިގެ ދެ ކާފޫރުތޮޅި، ސަމުސަލެއްގެ މާމުއި، 4-5 ވަރަކަށް މިންޓް ފަތް، އަދި ސައިސަމުސަލެއްގެ ލުނބޯ ހުތެވެ.

ސުލެއިމާނީ ސައި ތައްޔާރުކުރާނެ ގޮތް

ދޮޅު ޖޯޑު ފެން ރަނގަޅަށް ކައްކާލާށެވެ. ކެކެން ފެށުމުން ފޮނިތޮށި، ކާފޫރުތޮޅި، ކަރަންފޫ، މިންޓް ފަތް އަޅައިގެން އެއް ޖޯޑަށް ވަންދެން ކައްކާށެވެ. އެއް ޖޯޑެއްހާ ވަރަށް ފެންކޮޅު ހިނދުނީމަ ސައިފަތްކޮޅު އަޅާލާފައި އުނދުން ނިއްވާލާށެވެ. ފަސް ވަރަކަށް މިނިޓް ހުރި ގޮތަށް ބަހައްޓާފައި ފުރާނާލާށެވެ. މާމުއިކޮޅާއި ލުނބޯހުތްކޮޅު އަދި ދެ ތިން ފަތް މިނިޓް ލައިގެން ސައިތަށި ގިރާލާށެވެ.

ހަށިގަނޑުގައި ހުންނަ ލޮޑުކަމާއި ވަރުބަލިކަން ފިލުމުގެ އިތުރުން މި ސަޔަކީ ހަޖަމުކުރަން ވެސް ފަސޭހަކޮށްދޭނެ ސަޔެކެވެ. އަދި ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމުގެ އިތުރުން ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމާއި ފަންގަލް އިންފެކްޝަންތައް ނައްތާލަން ވެސް މި ސައި ބުއިމުން ފައިދާ ކުރާނެ އެވެ. ސަބަބަކީ މި ސައިގައި އެންޓިއޮކްސިޑަންޓްސްގެ މާއްދާތައް އެކުލެވޭތީ އެވެ.