ލައިފްސްޓައިލް

އިންސާނެއްގެ އަތެއް ވަރުގެ ދޮންކެޔޮވަކެއް ދުށިންތަ؟

އާއިލާއިން އޯޑަރު ކުރި ތަރުކާރީ އާއި މޭވާތަކެއް ތެރޭގައި އިންސާނެއްގެ އަތެއް ވަރުގެ ބޮޑު ދޮންކެޔޮވަކެއް އޮވެގެން އަންހެނަކު ވަރަށް ހައިރާން ވެގެން ސޯޝަލް މީޑިއާގައި އެ ވާހަކަ ޝެއާ ކޮށްފައި ވެއެވެ. އިންގްލެންޑްގެ ވެސްޓަންގައި ދިރިއުޅޭ ސޭމް ޕާމާ އޯޑަރު ކޮށްގެން ގެއަށް ފޮނުވާފައި ހުރި ކޮތަޅުތަކުގެ ތެރޭގައި އަތެއް ވަރުގެ ދިގު ދޮންކެޔޮވަކެއް އޮއްވާ ފެނުމުން އެއީ ލޮލަށް ފެންނަ ހަގީގަތެއް ކަމަށް ގަބޫލު ނުކުރެވިގެން ދެ ވަނަ ފަހަރަށް ވެސް ޗެކް ކުރި ކަމަށް ސޭމް ބުންޏެވެ.

ސޭމް، 31، ބުނީ އޭނާ ހައިރާން ވެގެން އޭނާގެ މަންމައަށް އެ ދޮންކެޔޮވައް ދެއްކުމުން މަންމަވެސް އެ ވަރުގެ ދޮންކެޔޮވަކެއް ނުދެކޭ ކަމަށް ބުނެ ހައިރާން ވެގެން އުޅުނު ކަމަށެވެ.

ސޭމް ވަނީ ދޮންކެޔޮވަކުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވެސް ޝެއާ ކޮށްފަ އެވެ. އޭގެ ބޮޑުމިން އަންގައިދިނުމުގެ ގޮތުން އޭނާގެ އަތާއި ދޮންކެޔޮވަކާ އެކު ފޮޓޯ ވެސް ފޮޓޯ ނެގި ކަމަށެވެ.

މި ދޮންކެޔޮވަކުގައި 12 އިންޗި ހުރި ކަމަށާއި މިއީ އާއްމުކޮށް ބާޒާރުން ލިބެން ހުންނަ ދޮންކޭލަށް ވުރެ ދެ ގުނަ ބޮޑު ދޮންކެޔޮވަކެއް ކަމަށް ވެސް ސޭމް ބުންޏެވެ.

ސޭމް އިތުރަށް ބުނި ގޮތުގައި މިއީ އޭނާއަށް މިހާތަނަށް ފެނުނު އެންމެ ބޮޑު ދޮންކެޔޮވަކުގެ އިތުރުން އެންމެ ރަހަމީރު ދޮންކެޔޮ ވައް ވެސް މެއެވެ.

"ދޮންކެޔޮވަކުގެ ބޮޑުބައެއް އަހަރެން އެއް ފަހަރުން ކާލައި ފިން. ހެނދުނު ވެސް ދޮންކެޔޮ ކޭމަ ޕޮޓޭސިއަމް މާ ގިނަ ވެދާނެތީ ދޮންކެޔޮވައް އެއްކޮށް ކާން ނުކެރުނީ. އަސްލު ވެސް ވަރަށް މީރު އެ ދޮންކެޔޮ. އާއްމުކޮށް ކައިއުޅޭ ކުދި ދޮންކޭލަށް ވުރެ މާ ރަހަ މީރު،" ސޭމް ބުންޏެވެ.