ޝިފާ މުހައްމަދު

ކެލާ ޝަރީފް ގުޅުއްވާ ޖެއްސުން ކުރައްވާ ކަމަށް ޝިފާ ވިދާޅުވެއްޖެ

ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ގުޅުއްވާ ޖެއްސުން ކުރައްވަމުން ގެންދަވާ ކަމަށް މާލެ ދާއިރާގެ އެމްޑީޕީގެ ރަައީސް އަދި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝިފާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެލާ ދާއިރާގެ އިބްރާހިމް ޝަރީފް އޭނާގެ ފޯނަށް ގުޅުއްވާ ޖެއްސުން ކުރައްވާ ކަމަށާ އެކަން ހުއްޓަވާ ލެއްވުމަށް ދަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ ނަންބަރު ތިޔަ ބޭފުޅާއަށް އެނގިވަޑައިގަންނަވާނެ. ކުރަންވާ ކަންކަމާއި ނުކުރައްވީ ކަންކަން އެނގެންވާނެ،" ޝިފާ ވިދާޅުވިއެވެ.

ޝިފާ ވަނީ އެ ޓްވީޓް ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި އެމްޑީޕީގެ ސެެކްރެޓޭރިއޭޓަށް ޓެގް ކުރައްވާފައެވެ. އަދި ވިދާޅުވީ އެއީ "ލަދުވެތި" ކަމެއް ކަމަށެވެ.

މެންބަރު ޝަރީފް ޝިފާ ފޯނަށް ތަކުރާރުކޮށް ގުޅުއްވާ ޖެއްސުން ކުރައްވަނީ ކީކޭ ވިދާޅުވެ ކަމެއް ސާފެއް ނުވިއެވެ. އެކަމާއި ގުޅޭގޮތުން ޝިފާގެ ބަހެއް އަަދި މެންބަރު ޝަރީފްގެ ބަހެއްވެސް އަދި ނުލިބެއެވެ.