ބޮލީވުޑް

ދަރިންގެ ހައްގުގައި ކާޖޮލް އާއި އަޖޭ ވަކިން ދިރިއުޅެން މަޖްބޫރުވެފައި

އަޖޭ އާއި ކާޖޮލް އެމީހުންގެ ދަރިންނާއެކު
68%
16%
16%

ދަރިންގެ އުފަލަށްޓަކައި ވަކިން ދިރިއުޅެން ކާޖޮލް އާއި އަޖޭ ދޭވްގަން ނިންމާފައިވާ ކަމަށް އެމީހުންގެ ގާތް އެކުވެރިއަކު ބުނެފި އެވެ. ކާޖޮލް މިހާރު ގިނައިން އުޅެނީ ބޮޑު ދަރިފުޅު ނައިސާ އާއެކު ސިންގަޕޫރުގަ އެވެ. އުމުރުން 17 އަހަރުގެ ނައިސާ ސިންގަޕޫރުގައި މަތީ ތައުލީމު ހާސިލް ކުރަމުންދާތާ ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ.

ކުރިން އޭނާއާ އެކު ކާޖޮލް ސިންގަޕޫރުގައި މަޑުނުކުރިޔަސް ޕެންޑެމިކްގެ ސަބަބުން ސިންގަޕޫރު ކޮލެޖުތައް ބަންދުކޮށްފައި ގިނަ ދުވަހު އޮތުމަށްފަހު އަލުން ހުޅުވުމުން ނައިސާ އެނބުރި ދިޔައިރު ކާޖޮލް ވަނީ އޭނާއާ އެކު ގޮއްސަ އެވެ.

ޕެންޑެމިކް އަދިވެސް މުޅީން މައިތިރި ނުވާތީ މި ވަގުތު ނައިސާ އެކަނި ބަހައްޓަން އަޖޭ އާއި ކާޖޮލް ބޭނުން ނުވަނީ އެވެ. އެގޮތުން ފާއިތުވީ ދެ ތިން މަހު ކާޖޮލް ހުރީ ނައިސާ ކައިރީ ސިންގަޕޫރުގަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އޭނާ ސިންގަޕޫރުގައި މަޑުކުރަން ނިންމާފައިވާ ކަމަށްވެ އެވެ.

ސިންގަޕޫރަށް ނައިސާ ކިޔަވަން ދިއުމާ ގުޅިގެން އަޖޭ އާއި ކާޖޮލް ވަނީ އެ ގައުމުން އެޕާޓްމަންޓެއް ވެސް ގަނެފަ އެވެ. އެ އާއިލާއަށް ހިތްހަމަޖެހިގެން އެ ގައުމުގައި ތިބެވޭނެ ގޮތް ހެދުމަށެވެ.

އިންޑިޔާގައި ހަގު ދަރިފުޅު ޔުގް ބެލެހެއްޓުމާ ހަވާލުވެގެން ހުރީ އަޖޭ އެވެ. އަޖޭގެ ފިލްމުތަކުގެ ޕޯސްޓް ޕްރޮޑަކްޝަންގެ ގިނަ މަސައްކަތްތަކެއް އޭނާ މިހާރު ކުރަނީ ގޭގައި މަޑުކޮށްގެންނެވެ. އަދި ޔުގްގެ 10 ވަނަ އުފަން ދުވަސް ފާހަގަކުރުމަށާއި އޭނާގެ ހިތްހަމަޖައްސައިދިނުމަށް ވަރަށް ފަހުން އަޖޭ ވަނީ އޭނާ ގޮވައިގެން ރާއްޖެއަށް ވެސް ކުރު ޗުއްޓީ ދަތުރެއް ކޮށްފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގެދަ

ދިރިއުޅުމޭ ކިޔާބަލަ

ޜިނާ

ނައިސާއެެއްނޫން... ނީސާ...

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345