ބޮލީވުޑް

ޖާންވީ އާއި ނީސާގެ ޕްލާސްޓީކް ސާޖަރީ ހެދީ އެއް ޑޮކްޓަރެއްތަ؟

ޖާންވީ ކަޕޫރު
0%
0%
0%

ބަތަލާ ޖާންވީ ކަޕޫރާއި އަޖޭ ދޭވްގަން އާއި ކާޖޮލްގެ އަންހެން ދަރިފުޅު ނީސާ ދޭވްގަން ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ތުހުމަތުކޮށް އެ މީހުންނަށް ވަރަށް މަލާމާތްކޮށްފި އެވެ.

ޖާންވީ އާއި ނީސާ އަށް މަލާމަތްކުރާ މީހުން ބުނަނީ އެ ދެ މީހުން މިހާރު ވަރަށް އެއްވަރު ސިފަޔެއް ޖަހާ ކަމަށާއި ދެ މީހުންގެ ޕްލާސްޓިކް ސާޖަރީ ހެދީ އެކަކު ހެން ހީވާ ކަމަށެވެ.

ދިވާލީ ޕާޓީއަކަށް ޖާންވީ ވަންނަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމުން އެއްބަޔަކު ބުނެފައިވަނީ އެމީހުން ހީކުރީ އެއީ ކާޖޮލްގެ ދަރިފުޅު ނީސާ ކަމަށް ކަމަށެވެ. އެހާ އެ ދެ މީހުންގެ ސިފަ ކުއްލިއަކަށް އެއްގޮތްވީ ކީއްވެތޯ ވެސް މީހުން ވަނީ ސުވާލު އުފައްދާފަ އެވެ. އަދި ދެ މީހުން ޕްލާސްޓިކް ސާޖަރީ ހަދަން ދިޔައީ އެއް ޑޮކްޓަރެއްގެ ކައިރިއަށް ކަމަށް ލަފާކޮށް ތަފާތު ކޮމެންޓުތައް މީހުން ކޮށްފައި ވެއެވެ.

ނީސާގެ ގައިގެ ކުލަ ވެސް ކުރިން ހުންނަނީ ވަރަށް އަނދިރިކޮށެވެ. ނަމަވެސް ފަހަކަށް އައިސް ފެންނަ ފޮޓޯތަކުގައި އޭނާ ހުރީ ވަރަށް ދޮން ކޮށެވެ. މިއީ ވެސް ވަރަށް ގިނަ ބަޔަކު އޭނާއަށް މަލާމާތްކުރި ސަބަބަކަށްވި އެވެ.

ޖާންވީގެ ކެރިއަރަށް ބަލާއިރު އެންމެ އަވަހަށް ރިލީޒްވާން އޮތް އޭނާގެ ފިލްމަކީ "މިލީ" އެވެ.

މަތުކުއްޓީ ޒޭވިއާ ޑައިރެކްޓްކޮށްފައިވާ މަނޯޖް ޕާހްވާ އާއި ސަނީ ކޯޝަލް ބަތަލުންގެ ބައިކުޅެފައިވާ މި ފިލްމު އަންނަ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345