މޯލްޑިވްސް ޕޮލިސް ސާވިސް

މުޒާހަރާ ކަވަރުކުރެވޭނީ ބްރޯޑްކޮމްގެ ފާސް އޮވެގެން: ޕޮލިސް

މުޒާހަރާތަކާއި އެއްވުންތައް ކަވަރު ކުރަންދާ ނޫސްވެރިން އަތުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ދޫކުރާ އެކްރެޑިޓްކޮށްފައިވާ ފާސް އޮންނަން ޖެހޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުން ބުނީ އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރަން ހަރަކާތްތެރިވާ ނޫސްވެރިންނާއި ކެމެރާމަނުންގެ އަތުގައި ބްރޯޑޮކޮމްގައި ރަޖިސްޓްރީކޮށްފައިވާ ކަމުގެ ފާސް އޮންނަންޖެހޭނެ ކަމަށާއި ބްރޯޑްކޮމް އިން ދޫކުރާ ފާސް ނެތް މީހަކަށް މީޑިއާ ތަމްސީލް ކުރާ މީހެއްގެ ގޮތުގައި މުޒާހަރާތަކާއި އެއްވުންތައް ކަވަރު ކުރަން ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

ފުލުހުން މިހެން ބުނެފައިވާ އިރު އެމްޑީޕީ އިން މިހާރުކުރިޔަށް ގެންދާ "މިންޖުވާން" މުޒާހަރާ ފެށުމުގެ ކުރިން ބްރޯޑޮކޮމްގެ އިން ވަނީ ރާއްޖެ ޓީވީއާ ސަންގު ޓީވީގެ އިސް ދެބޭފުޅަކު ހާޒިރުކޮށް މުޒާހަރާ ކަވަރު ކުރާއިރު ސަމާލުވާންޖެހޭ ކަންކަމާ ބެހޭގޮތުން ނަސޭހަތްތެރިވެ، ފާސް ނެތް ފަރާތްތަކުން ފާސް އާ ކުރުމަށް ވެސް އެދިފައެވެ.