އިދިކޮޅު ފަރާތްތައް

އިދިކޮޅުގެ ބޮޑު ޖަލްސާ ބުރާސްފަތި ދުވަހު

"މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ބާއްވަން ނިންމާފައިވާ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފި އެވެ.

މި ޖަލްސާ ފުރަތަމަ ބާއްވަން ނިންމީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. ނަމަވެސް މޫސުން ގޯސްވުމުން ޖަލްސާ ފަސްކުރީއެވެ.

އިދިކޮޅު ދެ ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ބާއްވަން ނިންމާފައިވާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށެވެ.

އެ ޖަލްސާއަށް ޕީޕީއެމް އާއި ޕީއެންސީ އަދި ގައުމު ދެކެ ލޯބިވާ އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވާ ކަަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕީޕީއެމް އާއި ޕީއެންސީން ވަނީ އެ ދެ ޕާޓީގެ ސިޔާސީ ހަރަކާތްތައް އިތުރުކޮށްފައެވެ. މަގުމަތީ ހަރަކާތްތަކާއި ސިލްސިލާ ޖަލްސާތައް ކޮންމެ ރެއަކުހެން ކުރިއަށް ގެންދެއެވެ.