އަހުމަދު ސަލީމް (ރެޑްވޭވް)

ޔާމީންގެ މައްސަލަ ބާތިލްވެއްޖެ: ސަލީމް

ޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް --
0%
0%
0%

އެމްއެމް ޕީއާރްސީގެ ފައިސާ ބަހަން ބޭނުންކުރި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާން ދައުލަތުން ނިންމުމުން ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ ބާތިލްވެއްޖެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިހެން ވިދާޅުވީ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ ހިޔާނާތުގެ މައްސަލަތައް ބަލަން ފަށަން ޖެހޭނީ އެސްއޯއެފްއާ ހިސާބުން ކަމަށެވެ. އެއީ ހިޔާނާތުގެ ފައިސާ ބެހި ކުންފުނި ކަމަށް ވިދާޅުވިއެވެ.

"އެސްއޯއެފްގެ މައްސަލަ ނުބަލައެއް އެހެން މައްސަލައެއް ކުރިއަކަށް ނުގެންދެވޭނެ. ކިހިނެއްތޯ ގެންދާނީ. މައްސަލައިގެ އަސްލު ގެއްލުނީމަ ދެން ކޯޗެއްތޯ ކުރިއަށް ގެންދާނީ. މަކަރާ ހީލަތް އޭގެ ތެރެއަށް ވަދެއްޖިއްޔާ އިސްލާމީ ޝަރީއަތުގައި އެ ހުރިހާ ކަމެއް ބާތިލްވީ" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައި ނިމިފައި ކަމަށާއި ދެން އެމައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ މައްސަލާގައި އެއްވެސް މީހަކާ ގުޅޭގޮތުން މަނީ ލޯންޑަރިން މައްސަލަ ކުރިއަކަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް --

އަދި ވިދާޅުވީ އެސްއޯއެފްއިން ފައިސާ ޖަމާވި ކަމަށް ބުނާ ތިންސަތޭކަ އެއްހާ މީހުންގެ ތެރެއިން ވިއްސަކަށް މީހުން މުއާމަލާތް ރަނގަޅު ކަމަށް ފަތްކޮޅު ދީފައިވާ ކަަމަށެވެ.

"އެސްއޯއެފަށް ޖަމާވި ވަގުލާރިން 20 މީހުން ސަލާމަތްވެއްޖެ. ރަނގަޅު މުއާމަލާތޯ. ދެން ކާކު ސަލާމަތްނުވަނީ އޭގެއިން. ބަލަ އެންމެންވެސް ތިބީ ސަލާމަތްވެފައި. މައްސަލަ އެއޮތީ ބާތިލްވެފައި. އެއްބަޔަކު ކުށްވެރިވެފައި އަނެއް ބަޔަކު ސަލާމަތްވަނީ. މީ އަޖައިބެއް ކަހަލަ ކަމެއްނު،"

ސަލީމް ވިދާޅުވީ އެސްއޯއެފް ކުންފުންޏަކީ ހިޔާނާތުގެ މައްސަލައިގެ ކުރީން މީހުން ދަންނަ ތަނެއްވެސް ނޫން ކަމަށެވެ. އަދި އެސްއޯއެފުން ފައިސާ ޖަމާވި ލިސްޓުގައި ހިމެނޭ ކަމަށް ބުނެ އޭނާ ވެސް އޭސީސީއަށް ހާޒިރު ކުރި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑާ ވަރަށް ސުވާލުކުރި. އަދީބަކީ ވަގެއްކަން ނޭނގޭ ހެއްޔޭ. އެމްޕީއެލްއިން ޑޮލަރު ގަންނަން ލާރި ނެގި ހިސާބުން އައި ރިޕޯޓެއް ނެރުނޭ ޓީވީ ރޭޑިއޯތަކުންވެސް ގޮވިއޭ އަޑެއް ނާހަންހޭ. ސުވާލު ކުރުމުން އަޅުގަނޑު ދެންނެވިން އަނދުން ހުސެއިން ނީވުނު އެއްޗެއް ވަކި އަޅުގަނޑަށް އިވޭނެހޭ. އަނދުން ހުސެއިންއަށް އެބައޮތޭ ރަނގަޅު ކަމަށް ސިޓީ ލިބިފައި،" ސަލީމް ވިދާޅުވިއެވެ. "ރައިސް ޔާމީންގެ މައްސަލަ ކުރިއަކަށް ނުގެންދެވޭނެ. އެންމެ މަތިން ފަށަން ޖެހޭނީ. ރައީސް ޔާމީންގެ މައްސަލަ ޖެހޭނީ ބާއްވަން އެހެންނޫނީ ބާތިލުކުރަން. ޔާގޫތުގޭ ޓެރަސް މަތީ ކިތައް ދަބަސްތޯ. ތިން ދަބަހުގެ ފައިސާ ފޮނުވި ބަހަން. އިބްރާއަށްވެސް އެނގޭނެ އެކަން،"

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނިޝާން

ކޮންއިރަކުބާ މީނަ އުއްތަމަފަނޑިޔާރު ކަމަށް އައްޔަންކުރީ.

ޟޯކޭސް

ޢަޑު އިވޭ ޕީޕީެެމް ހޮވުނީމަ ބެންޗް ގަ ޔާމީން މައްސަލަ ބަލާ ފަނޑިޔާރުންނަށް ފުރުސަތުދީ އަޒްމިރަލްދާ އަށް އުްއްތަމަ ފަނޑިޔާރުކަން ދޭ ވާހަކަ..... އެހެން ވީމަ އޯކޭތާ ދޯ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345